ކޮމްޕިއުޓާ ސައިންސަށް އަހުލުވެރިކުރުވަން ސައިރިކްސް ކޮލެޖުން ޕްރޮގްރާމެއް ފަށައިފި
ކޮމްޕިއުޓާ ސައިންސަށް އަހުލުވެރިކުރުވަން ސައިރިކްސް ކޮލެޖުން ޕްރޮގްރާމެއް ފަށައިފި

ކޮމްޕިއުޓާ ސައިންސަށް އަހުލުވެރިކުރުވަން "އަވާ އޮފް ކޯޑް"ގެ ނަމުގައި ސައިރިކްސް ކޮލެޖުން ވޯކްޝޮޕެއް ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިލޭ ބައިވެރިވެވޭނެ ކަމަށް، އެ ކޮލެޖުގެ ޕަބްލިކް އެފެއާޒްގެ ޑިރެކްޓަރު އަލީ ޝަމްއާން ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ވަނީ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން)ގެ ޓީޗަރުންނަށް އަމާޒުކޮށް ޓްރެއިނިން ޕްރޮގްރާމް ހިންގައިފަ އެވެ.

ޝަމްއާން ވިދާޅުވީ މި ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ ކަމަށެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ޝަމްއާން ވިދާޅުވިގޮތުގައި ގްރޭޑް ތިނަކުން ފެށިގެން ނުވައަކަށް އަދި ބޮޑެތި މީހުންނަށެވެ.

ސައިރިކްސް ކޮލެޖުގެ މި ޕްރޮގްރާމުގައި ބައިވެރިވާން 9995870 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.