މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފައި ވަނީ، 25,000 ރުފިޔާއިންނެވެ. އީސީ އިން މިއަދު ބުނީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމ…