Live 359,223 stories Updated NEW
Browse topics All stories

Latest stories

Live feed

ގައުމުގެ ބިންތައް ގާނޫނާ ޚިލާފަށް ދެމުންދާއިރު އެކަންކަން ބެލުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް: ޔާމީން

08 Nov 2026, 23:51 ދިވެހިރާއްޖޭގެ ބިންތަކާއި ތަންތަން އުސޫލުތަކާއި ގާނޫނާއި ޚިލާފަށް ދޫކުރަމުންދާއިރު، އެފަދަ ކަންކަން ބަލައި ހުއްޓުވުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމަށާއި ސަރުކާރުގެ އެކި މުއާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑު…

މި އަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑު މި އަހަރު އަށް ފަރާތަކަށް މިރޭ ލިބިއްޖެ އެވެ. ރިވެލި އެވޯޑު މި އަހަރު ދިނީ ހަ ދާއިރާއަކުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ އާއި އެކި ރޮނގުރޮނގުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ ފަރާތްތަކުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދ…

ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލައި، ޖީއެސްޓީ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ފުޅާކުރަން ފާސްކޮށްފި

08 Nov 2026, 22:35 ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލައި، ޖީއެސްޓީން ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ފުޅާކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ. އެއާއެކު …

ޑީޕޯޓްކުރަން ގެންދިޔުމުން ޕާސްޕޯޓު ވީދާލި ބިދޭސީއަކު ހައްޔަރުކޮށްފި

08 Nov 2026, 23:02 އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރަން ގެންދިއުމުން ޕޯސްޕޯޓް ވީދާލި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝޭޚް އެމްޑީ މަސުމް ލަތިފް (21އ) ގެ މައްޗައް އުފުލާފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އުސޫލުތަކާ ޚިލާފަށް އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރަން ގެންދިޔުމުން ޕާސްޕޯޓު ވީ…

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅަނީ

ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި، އިސްތިއުމާރީ ޔަހޫދީ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޒަހަމްކޮށްލައި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.މީގެ އިތުރުން، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން އެކި ސަރަހައްދުތަކުގައި ހިންގި އުދުވާނުތަކުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. ފަލަސްތީނު ޓީވީން ބުނި ގޮތުގައި، އުތުރުގެ ސިޓީއެއް ކަމަށްވާ ގަލްގީލިޔާގެ ކަފްރު ސަބާ އަވަށާ ކައިރީގައި ޔަހޫދީން …

ބިނާކުރަންވީ އެންމެން ބައިވެރިވާ، އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް: ސާޖިދާ

08 Nov 2026, 23:13 އެއްވެސް އިންސާނަކީ އޭނާއާމެދު ތަގުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެވޯޑި ހާސިލުކުރި އަށް ފަރ…

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ދެބެން ހައްޔަރުކޮށްފި

ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން ދެބެން ހައްޔަރުކޮށްފި އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހާޖަރާ މައިސާ ޢަލީއާއި އެ ރަށަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީއެވެ. މި ދެ މީހުންނަކީ ދެބެންނެވެ.ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ ހަތަރުވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގު…

ސަންޑަރލޭންޑް އަތުންވެސް ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ސަންޑަރލޭންޑް އަތުންވެސް ޗެލްސީ ބަލިވެއްޖެއެވެ. ޗެލްސީގެ މައްޗަށް ސަންޑަރލޭންޑް ކުރި ހޯދީ 1-0 ނެވެ. މެޗުން ސަންޑަރލޭންޑް މޮޅުކޮށްދިން ލަނޑު ޕެނަލްޓީ އަކުން ޖެހީ އެންޒޯ ލެ ފީ އެވެ. އޭނާ 36 ވަނަ މިނިޓްގައި ޕެނަލްޓީ ގޯލަށް ފޮނުވާލީ ޗެލްސީ ކީޕަރު މައިކް ޕެންޑާރސް ނުބައި ފަޅިއަށް ޑައިވް ކުރުވުމަށްފަހު އެވެ. އެކަމަކު ޕެނަލްޓީ ދިނުމަކީ މެޗުގެ ރެފްރީ ގިލެޓް ނިންމި ސުވާލު އުފެދޭ ނިންމުމެކެވެ. ޗެލްސީ އަތުން ސަންޑަރލޭންޑް މިހޯދި މޮޅަކީ މިސީޒަންގައި ލީގުގައި އެޓީމްގެ ދެވަނަ މޮޅެ…

ޑީޕޯޓްކުރަން ގެންދިޔުމުން އަމިއްލަ ޕާސްޕޯޓު ވީދާލި ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި

ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ޚިލާފަށް އުޅެމުންދިޔުމުގެ ސަބަބުން ރާއްޖެއިން ފުރުވާލުމަށް ނުވަތަ ޑީޕޯޓްކުރުމަށް ތައްޔާރުވެފައިވަނިކޮށް، އަމިއްލަ ޕާސްޕޯޓު ވީދާލި ބަންގްލަދޭޝްގެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޝޭޚް އެމްޑީ މަސުމް ލަތިފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނެކެވެ.މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އުސޫލުތަކާ ޚިލާފަށް އުޅެމުންދިޔަ މީހެއް ކަމަށ…

Loading fresh headlines…