ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިންނަށް ޔަހޫދީން ހަމަލާދީފި
ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި، ޒައިތޫނި ކަނޑަމުންދިޔަ ފަލަސްޠީނުގެ ދަނޑުވެރިންނަށާއި އެމީހުންގެ ދަނޑުބިންތަކަށް އަމާޒުކޮށް ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ލާއިންސާނީ ހަމަލާތަކެއް ދީފިއެވެ. މި އަނިޔާވެރި ހަމަލާތަކުގައި ދަނޑުވެރިންގެ ބިންތަކާއި ފޭލިގެތަކުގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އަދި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ބޭރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތ…