ކައުންސިލުގެ ގިނަ ބިންތަކެއް ސަރުކާރުން ނަގަމުންދަނީ ޤާނޫނާ ޚިލާފަށް: ޢާޒިމް
މާލެ ސިޓީ ކައުންސިލުން މާލޭގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު ކައުންސިލުގެ ގިނަ ބިންތަކެއް ޤާނޫނާ ޚިލާފަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައ…