ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނަނީ ހިކަނދީގެ ވިސްނުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ވާހަކަފުޅު ދައްކަވަނީ ދެ އިރު ދެ ގޮތަށް ކަމަށެވެ. ފުރަތަމަ ދައްކަވާ ވާހަކަފުޅާއި އޭގެ ފަހުން ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށާއި ރަސްމާލެ ތަރައްގ…