Live 359,223 stories Updated Nov 6, 2026
Browse topics All stories

Latest stories

Live feed

ފެނަކައިން ޚިދުމަތްދެމުންދިޔަ އެންމެ ފަހު ރަށް، ސްޓެލްކޯއާ ހަވާލުކޮށްފި

06 Nov 2026, 14:50 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރި އެންމެ ފަހު ރަށުގެ ގޮތުން ލ. ފޮނަދޫގައި އެ މަސައްކަތް ނިންމާލައިފިއެވެ. މިކަަށްޓަކައި ލ. ފޮނަދޫގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނ…

ޖޫރިމަނާ ދެއްކުމާއެކު ނަޖީބު ގޭބަންދަށް ބަދަލުކުރަން އަމުރުމޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ޖަލުން ގޭބަންދަށް ބަދަލުކުރުމަށް އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ. ރަސްގެފާނު ދެއްވި މައާފުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ އޭނާގެ ސިޔާސީ ޕާޓީން ދެއްކުމާ ގުޅިގެން، 2022 ވަނަ އަހަރުން ފެށިގެން އޭނާ ބަންދުކޮށްފައި ހުރި ކަޖަންގު ޖަލުން ގޭބަންދަށް ބަދަލުކުރުމުގެ އަމުރު ޖަލަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައި ނަޖީބުގެ ވަކީލު ފަރްޙާން ޝަފީޢު ވިދާޅުވިއެވެ. ކަންކަން ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ، އުމުރުން 73 އަހަރުގެ ނަޖީބަށް ނޮ…

ބީއެމްއެލްގެ އާ ހެޑް އޮފީސް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ހެޑް އޮފީސް އިމާރާތް ހުޅުމާލެ 2 ގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ. ބީއެމްއެލްގެ އިއުލާނުގައި ބުނީ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައި އާ ހެޑް އޮފީސް އިމާރާތެއް އެޅުމަށް، އެތަން ޑިޒައިންކުރުމާއި އިމާރާތްކުރުމާއި އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ކަރުދާހުގައިވާ ގޮތުން އާ އިމާރާތް އަޅަނީ 2,648.40 އަކަމީޓަރުގެ ބިމެއްގަ އެވެ؛ ބޭސްމަންޓް ލެވަލްގެ ދެ…

ރަޝިޔާއިން އީރާނަށް 90 މިސައިލް ލޯންޗަރު ދޭން އެއްބަސްވެއްޖެ

ހެލިކޮޕްޓަރުގައި ހަރުކުރާ 90 މިސައިލް ލޯންޗަރު އީރާނަށް ދިނުމަށް ރަޝިޔާއިން އެއްބަސްވެއްޖެއެވެ. މިކަން ހާމަވެފައި ވަނީ ރަޝިޔާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދުވެފައިވާ އެއްބަސްވުން ހިމެނޭ ލިޔެކިޔުންތަކެއް ލީކުވުމުންނެވެ. ޔުކްރެއިންގެ އަމިއްލަ އިންޓެލިޖެންސް ފާމެއް ކަމަށްވާ "ޑެލަސް އެނަލިޓިކްސް" އިން ހޯދައި، "ދަ ގާޑިއަން" ނޫހާ ހިއްސާކޮށްފައިވާ ޑިފެންސް އިންޑަސްޓްރީގެ ލީކުވެފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ޒަމާނީ ގައިޑެޑް މިސައިލް ފޮނުވާލާ 90 ލޯންޗަރު އީރާނަށް ފޯރުކޮށްދިނުމަށް ރަޝިޔާއިން ވ…

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ އެވެ. މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވާ އޯޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން، މި އޯޑިއާތަކަކީ ސައްހަ އޯޑިއޯތަކެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުވެފަ އެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ކުއްޔަށް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަށެވެ. އަދި އިންވެސްޓަރުން …

ތިން ގައުމު ހިމެނޭ، މައްކާ ދިފާއީ އެއްބަސްވުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި

06 Nov 2026, 13:43 ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނާއެކު އެކުލަވާލާފައިވާ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ރުހުން ދީފިއެވެ. ސައުދީއާއި ޕާކިސްތާނާއި ތުރުކީން މައްކާ ދީފާއި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޯގަސްޓު މަހުގެ ހަތެއްގައެވެ. އެ އެއްބަސްވުން ތުރުކީގެ ޕާލަމެންޓަށް ހުށަހެޅީ މިދިޔަ މަހުގެ 20 ގައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 592 މެންބަރުން ހިމެނޭ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ 398 މެންބަރުން ބައިވެރިވި މި ވޯޓުގައި އެއްބަސްވުން ފާ…

ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި

ކޮރަޕްޝަން ތަހުގީގު ކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮރަޕްޝަން އިންވެސްޓިގޭޝަން ދާއިރާއަށް ޚާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓ…

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

ރާސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީގެން ކުރިއަށްގެންދާ މަޝްރޫއަކީ، މިގައުމުގައި އޮތް ސައްތައިން ސައްތަ މުސްލިމު ވަންތަކަމާއި އިސްލާމީ ވަހުދަތު ފޮހެލުމަށްޓަކައި ދުރާލާ ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ."ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް 900 އަހަރަށްވުރެ ދިގުވީ އިސްލާމީ ދައުލަތް ބަދަލުކުރުމަށްޓަކައި ދުނިޔޭގެ ޒަޔ…

ޕްރައިމަރީ ހެލެތް ކެއާ ދާއިރާގެ މަތީފަންތީގެ އެވޯޑެއް ރާއްޖެއަށް

އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު، އޭއޭއޭއެޗް އެވޯޑް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއަށް ލިބިއްޖެއެވެ. މިއީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހާއި ގުޅިގެން ސިއްހީ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތުގެ އަގުވަޒަންކޮށް ދީފައިވާ އެވޯޑެކެވެ. މި އެވޯޑު ރާއްޖެއަށް ދީފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮން…

ޞިއްހަތަށް އިހުމާލުވުމާއި ޒަރޫރީ ފަރުވާތައް ދޫކޮށްލުންފަދަ ކަންކަމަކީ ހުއްދަ ކަންކަމެއް ނޫން: ޚުތުބާ

06 Nov 2026, 13:00 މާތް ﷲ، ދުޅަހެޔޮކަމުގެ ނިއުމަތް ދެއްވުމަށްފަހު އެ ނިޢުމަތާމެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ކަމަށާއި އެހެންކަމުން ޞިއްހަތަށް އިހުމާލުވުމާއި ޒަރޫރީ ފަރުވާތައް ލިބިގަތުން ދޫކޮށްލުންފަދަ ކަންކަމަކީ ހުއްދަވާނެ ކަންކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. "ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ ދުޅަހެޔޮ ޞިއްޙަތަކީ، އެއަށް ބުރޫއެރުމުން ނުވަތަ އެއިން ކަމެއް އުނިވުމުން ނޫނީ އެންމެ ފުރިހަމަގޮތުގައި އަހަރުމެނަށް އޭގެ އަގ…

"ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން"

ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޞިއްޙަތަށް ފަރުވާތެރިވުން" އެވެ. ޚުޠުބާގައި ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގައި ހުންނަ ކަ…

އެޕަލްގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ކަސްޓަމަރުންގެ އަތަށް ލިބެން ފަށައިފި

06 Nov 2026, 13:03 އެޕަލްގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ހޯދުމަށް ޕްރީއޯޑަރުކުރި ކަސްޓަމަރުންގެ އަތަށް، މެކްބުކްތައް ލިބެން ފަށައިފިއެވެ. އޮސްޓްރޭލިއާ އާއި ނިއުޒީލަންޑުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކަށް ޕްރީއޯޑަރު ކުރި ފަރާތްތަކަށް އެ ތަކެތި ފޯރަން ފަށާފައިވާއިރު، އޭގެ ތެރޭގައި ޕްރޯލެޑް ޓަޗްސްކްރީން މެކްބުކް ޕްރޯ، އޯލެޑް އައިޕެޑް މިނީ، އެމް6 މެކްބުކް ޕްރޯ އަދި އެމް6 އައިމެކް ހިމެނެއެވެ. މި އުފެއްދުންތަކުގެ ފުރަތަމަ ތަޖުރިބާތަކާއި ފޮޓޯތައް ސޯޝަލް މީޑިއާ އާއި މެކްރޫމާސް ފޯރަމް، ރެޑިޓް …

Loading fresh headlines…