Live 129,575 stories Updated NEW
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާން-އެމެރިކާ ހަނގުރާމައަށް ސުލްހައިގެ އުންމީދު އެބަ އޮތް، އެކަމަކު ގޯސް ހާލަތަށް ވެސް ތައްޔާރު: ޔޫއޭއީ

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ނަމަވެސް އެންމެ ގޯސް ހާލަތަކަށް ވެސް ގައުމު އޮތީ ތައްޔާރަށް ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިއަދު ބުނެފި އެވެ. ބަހްރައިންގެ މަނާމާގައި ބޭއްވި ކޮންފަރެންސެއްގައި ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ، ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމައިގެ އާ ބުރެއް ފެށުމަކީ މުޅި ސަރަހައްދުގެ މަސްލަހަތު…

ރަސްމާލެ މަޝްރޫއުއާ ގުޅޭ އާންމު ވޯޓަކަށް ދިޔުމާއި އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނަން ގައުމީ މަޖިލީހަށް ގަރާރެއް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށާއި އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނުކުންނަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާއިރު އެ ޕާޓީގެ ތެރޭގައި ވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފ…

ރާއްޖޭގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި މޫދު އަޑީގައި ހިންގި ހަމަނުޖެހުން އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ގޮވާލައިފި

ރާއްޖޭގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި މޫދު އަޑީގައި ހިންގި ހަމަނުޖެހުމެއް އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ގޮވާލައިފި އެވެ. އެ ޖަމިއްޔާއިން ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް"ގެ ޑައިވިން ޓީމުތަކާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ވަކި ފަރާތަކަށް ނުޖެހި، ކަމާ ބެހޭ އިދާރާތަކ…

ހިންމަފުށީ ރިހެބުން ފިލި ފައިރިޝް މާލޭގައި ހުއްޓާ ހޯދައި ހައްޔަރުކޮށްފި

އަވަށްޓެރިންނަށް ޖެއްސުންކޮށް ފުރައްސާރަކުރާތީ އާއްމު އުނދަގުލަކަށްވެގެން ހައްޔަރުކުރި އަހުމަދު ފައިރިޝް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ހުއްޓާ ފިލައިގެން އުޅެނިކޮށް އޭނާ މިއަދު މާލެއިން ހައްޔަރުކޮށްފި އެވެ. ފުލުހުން އިއްޔެ ބުނިގޮތުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެތަނުން އޭނާ ފިލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ އެވެ. ފުލުހުން މިއަދު ބުނީ ފައިރިޝް ހޯދައި ހައްޔަރުކުރީ އޭނާ މާލޭގައ…

އުމްރާއަށް ފުރުން ލަސްވި 224 މީހުން މިއަދު ފުރައިފި

ރާއްޖެ އިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރަން ތައްޔާރުވެގެން ތިއްބައި ސަލާމަތީ ސަބަބުތަކަށްޓަަކައި ފުރުން ލަސްކުރި ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން މިއަދު ފުރައިފި އެވެ. މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރަން އޭރު ނިންމާފައި އޮތީ މިދިޔަ މަހުގެ 29 ގަ އެވެ. ނަމަވެސް މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރު ފަސްކުރިކަން އެންގީ 28 ވަނަ ދުވަހުގެ ރެ އެވެ. ހައްޖު ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުގައި ފުރަން…

ގެއްލުނު ކަނޑުގެ މައްސަލާގައި އިހުމާލުވި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ސަރަހައްދެއް ގެއްލިފައިވާ މައްސަލާގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތް ބަލަން ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ކަނޑުގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ގެއްލިފައިވަނީ އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަޑް ބައިނަލްއަގްވާމީ އެކްސްޕާޓުން ލަފާދީފައިވާތީ، އެކަން ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަ…

ބާސާއިން އަމިއްލަ ސަޕޯޓަރުންގެ ގުރޫޕް ސަސްޕެންޑް ކޮށްފި

ވާދަވެރި ރެއާލް މެޑްރިޑަށް ފުރައްސާރަ ކުރުމުން، ބާސެލޯނާއިން އެ ކްލަބްގެ އަމިއްލަ ސަޕޯޓަރުންގެ ގުރޫޕެއް ސަސްޕެންޑްކޮށްފި އެވެ. މިދިޔަ ހަފުތާގައި ކުޅުނު އެލް ކްލެސިކޯ މެޗުގައި، ބާސާގެ ސަޕޯޓަރުންގެ ގުރޫޕެއް ކަމަށްވާ، "ގޮލް 1957" ތިބޭ ސަރަހައްދުން ވަނީ ރެއާލްގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ޑިފެންޑަރު މާކް ކުކުރެޔާއަށް ފުރައްސާރަ ކުރި އެވެ. އަދި ރެއާލްގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާގެ ގައިގައި ބޮނޑިބޮނޑިކޮށްފައި އޮތް ފޮތިގަނޑަކުން އެއްލައި ޖެހި އެވެ. ރެއާލުން 2-1 ން މޮޅުވި މެޗުގައި، ބާސާގެ ސަޕޯޓަރުން…

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ. ބޭންކުން ބުނީ އެ ހިދުމަތާ އެކު، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުން ވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރާ ޔޫއެސްޑީ ޑެބި…

އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 21،000 ޑޮލަރު ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައިގެން، ބޭންކް އެކްސެސް ހޯދުމަށްފަހު މީހެއްގެ އެކައުންޓުން 21،000 ޑޮލަރު (324،000ރ.) އާއި 63،000ރ. މަކަރާއި ހީލަތުން ނެގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު، ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން އެމީހާގެ ބޭންކް އެކައުންޓްގެ އެކްސެސް ހޯދި ކަމަށެވެ. އަދި އޭނާގެ އެކައުންޓުގައިވާ 63،000ރ. އާއި 21،000 ޑޮލަރު (ގާތްގަނޑަކަށް 324,450 ދިވެހި ރުފިޔާ) އެކ…

Loading fresh headlines…