ބޫޓާނާއި ލަންކާގެ ކުރިމަތިލުން އެއްވަރުވުމުން ބަންގާޅު ސެމީއަށް
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026ގައި ބޫޓާނާއި ލަންކާ ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ސެމީ ފައިނަލަށް ގޮސްފިއެވެ. ބަންގްލަދޭޝްގެ ނެޝެނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގްރޫޕް އޭއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއަށް ވަނީ ލިބިފައެވެ. ބަންގްލަދޭޝްއަށް ސެމީ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދ…