ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، ރިވައިޒްޑް ބަޖެޓުގެ އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމައެއް ނުވޭ: އޮޑިޓް
ތ. ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ރިވައިޒްޑް ބަޖެޓުގެ އާމްދަނީ އާއި ޚަރަދު އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމާނުވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.އެ އޮފީހުން އާންމުކޮށްފައިވާ ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލް އިދާރާގެ ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ރިވައިޒްޑް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ…