Live 359,223 stories Updated Nov 6, 2026
Browse topics All stories

Latest stories

Live feed

ޓްރެފިކް މައްސަލަ ބޮޑުވީ މީގެ ކުރިން ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން: އާޒިމް

މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން ކަމަށް އެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތެއްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އާންމުން ދަތުރުފަތުރު ކުރަން ގެންގުޅޭ އުޅަނދުތައް ކޮންމެ ދުވަހަކު ޓޯ ކުރަމުންދާ ކަމަށާއި ނަމަވެސް މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުލިބޭ ކަމަށެވެ. އޭނާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މޭޔަރު އާޒިމް…

އިލެކްޓްރިކް އުޅަނދުފަހަރު މަރާމާތުކުރުމަށް ފަންނީ އެއްބަސްވުމެށް

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދެމެދުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގ…

ވޭމަންޑޫގެ އައު ހޮސްޕިޓަލް ވެގެންދާނީ މުޅި ސަރަހައްދަށް ވެސް އިތުބާރުހުރި އިމާރާތަކަށް: ކުވެއިތު ފަންޑު

ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަހައްދަށް ވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު އިމާރާތަކަށް ކަމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވެއްޖެ އެވެ.އަލްބަދަރް މިހެން ވިދާޅުވީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ވެވުނު 3 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކ…

ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ: ވަޒީރު ގީލާ

ގައިގަޔަށް ނާރާ ބަލިތައް އިތުރުވާ މިންވަރަށް ބަލައި، މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ހެލްތު އެންޑް ފެމިލީ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްހީ އިޖުތިމާއީ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށ…

ކުރީ ސަރުކާރުގައި 85 ޕަސެންޓް ނިންމި ދޮންފަނު ފެނާއި ނަރުދަމާ ނުނިމި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

ބ. ދޮންފަނުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، މުޅި މަޝްރޫއު އެއްކޮށް ނިންމައި ޚިދުމަތް ނުދެވި ދިގުލައިގެންދާ ދިއުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ން ބުނެފި އެވެ.ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވަނީ އެރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.ސަހުމީނާ ވިދާޅުވީ،…

ބަޖެޓު 2027: އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކަށް 4 ބިލިޔަން ރުފިޔާ

ޤައުމުގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ހަމަޖެހުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ނިމިގެން މިދާ އަހަރަށްވުރެ %8.8 ގެ އިތުރުވުމެކެވެ. މިބައިގެ ހަރަދު އެކުލަވާލާފައިވަނީ ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި އުމުރުން ދުވަސްވީ މީހުންނަށް ކުރާ ހޭދައާއި ކު…

ހއ އަތޮޅު މަދަރުސާގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް

ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާއަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12އާ ހަމައަށް ތަޢުލީމު ފޯރުކޮށްދެމުންދާ ސުކޫލެކެވެ. މި ސްކޫލުގައި މިވަގުތު 380 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ. މި ސްކޫލުގެ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް މިހާރުވެސް ސަރުކާރުން އަންނަނީ ކުރިއަށްދަމުންނެވެ. ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮން…

ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން އަތުން ހަންގޭރީގެ ޓީމަކަށް މޮޅެއް

06 Nov 2026, 11:56 ޔުއޭފާ ޔޫރޮޕާ ލީގުގައި ހަންގޭރީއަށް ނިސްބަތްވާ ފެރެންސްވާރޯސް އަތުން، ހަތް ފަހަރު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން ބަލިވެއްޖެއެވެ. މިލާންގެ އަމިއްލަ ދަނޑު ކަމަށްވާ ސެންސީރޯގައި ކުޅުނު މިމެޗު ފެރެންސްވާރޯސް ކާމިޔާބު ކޮށްފައިވަނީ 0-2 ލަނޑުންނެވެ. މިއީ މިސީޒަންގައި ޔޫރޮޕާ ލީގުގައި މިލާން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ. މިލާނުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއް…

މޫސުމީ ނުރައްކާތަކުގެ ތެރޭގައި 90 މިލިޔަން ރެފިއުޖީން

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހަނަފަސްކަމާއި ފެންބޮޑުވުމާއި އިންތިހާއަށް ހޫނުގަދަވުމުގެ ނުރައްކަލަށް ގާތްގަނޑަކަށް 90 މިލިޔަން މީހުން ހުށަހެޅިފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ރެފިއުޖީ އޭޖެންސީން (ޔޫއެންއެޗްސީއާރު) ބުނެފިއެވެ. ތުރުކީވިލާތުގެ އަންތާލިޔާގައި ބާއްވާ އދގެ މޫސުމީ ބައްދަލުވުން، ކޮޕް31 ގެ ކުރިން ނެރުނު ރިޕޯޓުގައި އެ އިދާރާއިން ބުނީ، ގެދޮރު ގެއްލިފައިވާ މީހުންގެ ހަތަރުބައިކުޅަ ތިންބައި ދިރިއުޅެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް ފަދަ ނުރައްކާ ބޮޑު ގައުމުތަކުގަ…

ސީރިއާ އާރާސްތު ކުރުމަށް ސައުދީން 403 މިލިއަން ޑޮލަރުގެ ލުއި ލޯނު ދެނީ

06 Nov 2026, 12:05 އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ސީރިއާ އާރާސްތު ކުރުމަށް ސައުދީ އަރަބިއްޔާއިން 403 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ލުއި ލޯނުތައް ދޭން ނިންމައިފިއެވެ. ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީރިއާއަށް ލޯނުުތައް ދިނުމަށް ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)އާއި ސީރިއާއާ ދެމެދު ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމ…

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ރޮނާލްޑޯގެ ނިންމުމެއް, މަޑުކުރަން އެދުނިން- ޖީސުސް

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ރޮނާލްޑޯގެ އަމިއްލަ ނިންމުމެއް ކަމަށާއި, މަޑުކުރަން އެދުނު ކަމަށް ޕޯޗްގަލް ގައުމީ ޓީމްގެ ކޯޗު ޖީސުސް ބުނެފިއެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމާ ގުޅިގެން ކޯޗު ޖީސުސް ބުނީ އޭނާއާ އެކު މަޑުކުރަން ރޮނާލްޑޯ ކައިރިން އެދުނު ކަމަށެވެ. ކޯޗު ބުނީ އޭނާ ކައިރީ ރޮނާލްޑޯ މަޑުކުރަން ބޭނުންވި ކަމަށާއި, އެކަމަކު ރޮނާލްޑޯގެ ނިންމުން ބަލައިގަންނަން ޖެހޭ ކަމަށެވެ. ކޯޗު ބުނީ ރޮނާލްޑޯ އަކީ ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅައަށް 'ރިފަރެންސް' އެއް ކަމަށެވެ. ޕޯޗ…

ބީއެމްއެލުން ހުޅުމާލޭގައި އަޅާ 182 ފުލެޓެއްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން 182 ހައުސިން ޔުނިޓުތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި އެވެ. ބީއެމްއެލް އިން ބުނީ ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން 364 ހައުސިންގ ޔުނިޓެއް ތަރައްގީކުރަމުން އަންނައިރު، އެ ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ަކަމަށެވެ. އަދި އ…

Loading fresh headlines…