Live 359,223 stories Updated Nov 6, 2026
Browse topics All stories

Latest stories

Live feed

5 ވަނަ އިންލައިން ސްކޭޓިން މުބާރާތް ފަށައިފި

ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް ފަށައިފިއެވެ. ޖުމްލަ 121 ސްކޭޓަރުން ވާދަކުރާ މިމުބާރާތުގައި މިފަހަރު އަތޮޅުތެރެއިންވެސް ސްކޭޓަރުން ވަނީ ބައިވެރިވެފައެވެ. މާލޭ ސްކޭޓް ޕާކުގައި ބުރާސްފަތިދުވަހުގެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ ކުރިއަށްދިޔައީ ފެސްޓިވަލް ސްޓައިލަށް 5 އަހަރުންދަށުގެ ކުދިންނަށް ކުރިއަށްގެންދިޔަ ހަރަކާތުންނެވެ. މިމުބާރާތުގެ ޓްރެކް އިވެންޓްތައް މާލޭ ސްކޭޓް ޕާކުގައި ކުރިއަށްދާއިރު، ރޯޑް އިވެންޓުތައް ކުރިއަށްދާ…

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ޝައްފާނާއި، މަލާކަށް

31 ވަނަ ޓޭބަލްޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލްއާއި މަލާކް ބިންތި މުޢިއްޒު ހޯދައިފިއެވެ. ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ޝައްފާން ހޯދީ ފައިނަލުގައި މޫސާ މުންސިފްގެ މައްޗަށް ސީދާ 4 ސެޓުން ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް ޝައްފާން ކާމިޔާބުކުރީ 11-02، 11-08، 11-07 އަދި 11-06 އިންނެވެ. މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން މަލާކް ހޯދާފައިވާއިރު، އޭނާވަނީ ފައިނަލުގައި އާއިޝަތު މަލަކް ތަސީން 4 ސެ…

ޤައުމީ ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބާއްވާ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ. ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން އަންނަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރެވޭނީ ރަޖިސްޓަރކޮށްފައިވާ ކުލަބުތަކަށެވެ. ބައިވެރިވުމަށް އެދޭ ފޯމް ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި މުބާރާތުގެ ކުޅުން އޮންނާނީ ކުޅުދުއްފުށި ސިޓީގައި ހުންނަ ގަ…

ފެރެންސްވާރޯސް އަތުން މިލާން ބަލިވެއްޖެ

ޔުއޭފާ ޔޫރޮޕާ ލީގުގައި ހަންގޭރީއަށް ނިސްބަތްވާ ފެރެންސްވާރޯސް އަތުން އިޓާލިއަން ސެރީއާގެ އޭސީ މިލާން ބަލިވެއްޖެއެވެ. މިލާންގެ އަމިއްލަ ދަނޑު ކަމަށްވާ ސެންސީރޯގައި ކުޅުނު މިމެޗު ފެރެންސްވާރޯސް ކާމިޔާބު ކޮށްފައިވަނީ 2-0 ލަނޑުންނެވެ. މިއީ މިސީޒަންގައި ޔޫރޮޕާ ލީގުގައި މިލާން މިހާތަނަށް ކުޅުނު 4 މެޗުގެ ތެރެއިން ބަލިވި 3 ވަނަ މެޗެވެ. މިލާނުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމަށް ފެރެންސްވާރޯސްގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި މިމެޗުގަ…

ޔޫރޮޕާ ލީގުގައި ބޯންމަތާއި ބެންފީކާވެސް މޮޅުވެއްޖެ

ޔުއޭފާ ޔޫރޮޕާ ލީގުގެ އެންމެ ކުރީގައި އުޅޭ އިންގްލިޝް ޕްރިމިއަރ ލީގުގެ ބޯންމަތާއި ޕޯޗުގަލްގެ ބެންފީކާ ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓައިފިއެވެ. ބޯންމަތު މޮޅުވެފައިވަނީ ރަށުން ބޭރުގައި ސްޕާޓާ ޕްރާގާއި ވާދަކޮށް ފަހަތުން އަރައި 3-1 ލަނޑުންނެވެ. ސްޕާޓާ ޕްރާގްގެ އިޕެޓް އެރީނާގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބޯންމަތުންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕާޓުންނެވެ. މެޗުގެ 35 ވަނަ މ…

އޭޒީ އަލްކްމާ އަތުން ޔުވެންޓަސް މޮޅުވެއްޖެ

ޔުއޭފާ ޔޫރޮޕާ ލީގުގައި އިޓާލިއަން ސެރީއާގެ ޔުވެންޓަސް އާއި ޑަޗް އެރެޑިވިސީގެ އޭޒީ އަލްކްމާ ބައްދަލުކުރި މެޗު ޔޫވޭއިން ކާމިޔާބު ކޮށްފިއެވެ. އަލްކްމާގެ އޭއެފްއޭއެސް ސްޓާޑިއޯންގައި ކުޅުނު މިމެޗު ޔޫވޭއިން ކާމިޔާބު ކޮށްފައިވަނީ 2-1 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ އަލްކްމާއިންނެވެ. ނަމަވެސް މެޗުގެ ފެށުން ރަނގަޅުވީ ޔޫވޭގެއެވެ. މިގޮތުން އެޓީމުންވަނީ މެޗުގެ 19 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެ…

ޕިސްޓަންސް އަތުން ސެވަންޓީ ސިކްސަރސް މޮޅުވެއްޖެ

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސަރސްއިން ކާމިޔާބު ކޮށްފިއެވެ. ޑެޓްރޮއިޓްގެ ލިޓްލް ސީޒާރސް އެރީނާގައި ކުޅުނު މިމެޗު ސިކްސަރސް ކާމިޔާބު ކޮށްފައިވަނީ 112 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެށިގެން ނިމެންދެން ލީޑުގައި އޮތީ ސިކްސަރސްއެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި އެޓީމުން 8 ޕޮއިންޓުގެ ލީޑެއް ނެގިއިރު ދެވަނ…

"ކިންގް"ގެ ފުރަތަމަ ލަވައަށް ތާރީޚީ ރެކޯޑެއް

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ލަވަ ކަމަށްވާ "ތޫ މިލް ޖާއޭ" ރިލީޒްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބުގައި އެކަނިވެސް 36.3 މިލިއަން ވިއުސް ހޯދައި، އިންޑިއާގެ ފިލްމީ ތާރީޚުގައި އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމީ ލަވައިގެ އާ ރެކޯޑް ގާއިމުކޮށްފި އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ޝާހުގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު ނެރުނު މި ލޯބީގެ ލަވައަށް ޑިޖިޓަލް ހުރިހާ ޕްލެޓްފޯމްތަކަކުން 24 ގަޑިއިރު ތެރޭގައި 60 މިލިއަނަށް ވ…

ޕެރިސް މާސްޓަރސްގެ ކުއާޓަރ ފައިނަލުން ޝެލްޓަން ޖާގަހޯދައިފި

ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓަރސް ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި 3 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޝެލްޓަން ޖާގަހޯދީ ފަރަންސޭސިވިލާތުގެ އަރތަރ ރިންޑަރކްނެކް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު 3-6 އިން ކާމިޔާބުކޮށް ފެށުން ރަނގަޅުކުރީ ރިންޑަރކްނެކްއެވެ. ނަމަވެސް ޝެލްޓަންވަނީ ޖެހިގެން އައި ދެވަނަ ސެޓުގައި އޭނާގެ ކުޅުން ރަނގަޅުކޮށް 6-4 އިން އެ …

ބޮލީވުޑަށް "ބޮލީވުޑް" ކިޔާތީ ކަމުނުދާ ކަމަށް ރަންބީރު ބުނެފި

"ބޮލީވުޑް" މި ލަފްޒު އޭނާއަށް ކަމުނުދާ ކަމަށާއި އެ ލަފްޒަކީ ހޮލީވުޑްގެ ނަމުން ނަކަލުކޮށްގެން އުފައްދާފައިވާ ނަމަކަށް ވާތީ، އޭނާ ބޭނުންވަނީ މުޅި އިންޑިއާގެ ސިނަމާ ތަމްސީލުކުރާ ފަންނާނެއްގެ ގޮތުގައި ފާހަގަވާން ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ. އިނގިރޭސިވިލާތުގެ މީޑިއާއަކާ ވާހަކަދައްކަމުން ރަންބީރު ބުނީ އޭނާއަކީ ހަމައެކަނި "ބޮލީވުޑް ތަރިއެއް"ގެ ގޮތުގައި ލޭބަލްކުރުމުގެ ބަދަލުގައި، މުޅި އިންޑިއާގެ ސިނަމާ ތަމްސީލުކުރާ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވާން އެދޭ ކަމަށެވެ. ހުޅަނގުގެ މީޑިއާ…

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނައިބުރައީސް ފުރާވަޑައިގެންފި

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު އެންޓީގާ އެންޑް ބާބިއުޑާއިން ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 30ވަނަ ދުވަހު އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ހިމެނިވަޑައިގެންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވ…

ރިސޯޓެއްގައި އެއް ޖިންސުން "ކައިވެނިކޮށްދިން" މައްސަލަ ފުލުހުން ތަހުގީގުކުރަނީ

ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނެއްގެ "ކައިވެނިކޮށްދިން" މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި،…

Loading fresh headlines…