Live 359,223 stories Updated Nov 6, 2026
Browse topics All stories

Latest stories

Live feed

ރަހުމަތްތެރި ގައުމުތަކުގެ ސިޔާސީ އޮއިވަރު ބަދަލުވެ ޔަހޫދީން ދުނިޔެއިން ބާކީވަނީ

ރަހުމަތްތެރި ޤައުމުތަކުގެ ސިޔާސީ އޮއިވަރު ބަދަލުވެ، ޔަހޫދީން ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވަނީއެވެ. ފާއިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެކި ޤައުމުތަކުގައި ބޭއްވުނު އިންތިހާބުތަކާއި، ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޔަހޫދީ ދައުލަތުގެ ބައިނަލްއަޤްވާމީ ޑިޕްލޮމެޓިކް ބާރުވެރިކަމަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. މީގެއިތުރުން، އެ ޤައުމުގެ އެތެރޭގެ މަސްރަހުގައި އައު ސަރުކާރެއް އެކުލަވާލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް 'ދަ ޖެރޫސަލަމް ޕޯސްޓް'…

މަނީ އެކްސްޗޭންޖަރުންގެ މުއާމަލާތްތައް ބަލަހައްޓާ ނިޒާމެއް އެމްއެމްއޭއިން ތައާރަފްކޮށްފި، އަންނަމަހުން ފެށިގެން ބޭނުންކުރުން މަޖުބޫރު

05 Nov 2026, 21:21 މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުން ލުއިފަސޭހަކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއް އިފުތިތާހުކޮށްފިއެވެ. "މަނީ ޗޭންޖާ ސިސްޓަމް" ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރެވެ. https://x.com/MMA_Maldives/status/2118339783667957912 އެމްއެމްއޭއިން ބުނީ، މިއީ މާލީ ދާއިރާ ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކުރުމުގެ ތެރެއިން މުޢާމަލާތްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށާއި މާލީ ނިޒާމުގެ އިތުބާރާއި ނަ…

ހުރްމުޒުން ދަތުރުކުރި 3 ތެޔޮ ބޯޓަކަށާއި ޓަގު ބޯޓަކަށް ހަމަލާދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި 3 ތެޔޮ އުފުލާ ބޯޓަކަށާއި ޓަގު ބޯޓަކަށް ހަމަލާދީފިއެވެ. ހުރްމުޒް ކަނޑުއޮޅިންނާއި އެ ސަރަހައްދުގެ ނުރަސްމީ ކަނޑުގެ މަގުތަކުން ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ 3 އުޅަނދަކަށާއި ޓަގު ބޯޓަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި، އެ އުޅަނދުތަކުގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައި.އާރު.ޖީ.ސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އުސޫލުތަކާ ހިލާފަށް، ހުއްދަ…

މަދީނާއަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ސައޫދީ ކޯލިޝަނުން ވައްޓާލައިފި

ރިޔާޟް، ސައުދީ އަރަބިއްޔާ — އިސްލާމްދީނުގެ އެންމެ މުގައްދަސް އެއް ރަށް ކަމަށްވާ މަދީނާ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ބެލެސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނެފި އެވެ. މި ހަމަލާއާ ގުޅޭގޮތުން ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކް 'އެކްސް' ގައި ކުރެއްވި ޕޯޓެއްގައި ވިދާޅުވީ "ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން" މަދީނާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލެސްޓިކް މިސައިލެއް ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ހުއްޓުވައ…

މަނީ އެކްސްޗޭންޖަރުންގެ ހަރަކާތްތައް މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

މަނީ އެކްސްޗޭންޖަރުންގެ މަސައްކަތްތައް މޮނީޓާކޮށް އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ސިސްޓަމެއް މިއަދު އިފުތިތާހު ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ. އެ އިދާރާއިން ނިންމާފައިވާ ގޮތުން، މަނީ އެކްސްޗޭންޖް ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް، ރިޕޯޓް ކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ޖެހޭނީ އާ ސިސްޓަމެވެ. ޑޮލަރުގެ މުއާމަލާތްތައް ހިންގުމަށް އެމްއެމްއޭއިން ހުއްދަ ދީފައިވާ ތަންތަނުން ވެސް ބޮޑު އަގުގައި ޑޮލަރު ވިއް…

އޮފީސްތައް ރޯކުރަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފި އެވެ. ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އޭނާ ކުރި ޕޯސްޓުގައި ވަނީ އެކަން ކުރަން ހިތްވަރުދީފަ އެވެ. އެހެންވެ އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ގަ އެ…

ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ، ކޯޗާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހު ވަކިއެއްޗެއް ނާންގައި ގައުމީ ޓީމާ ވަކިވެގެންދިޔަ މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުއްޓައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ، ޓީމާއެކު ހޭދަކުރި ކޮންމެ ވަގުތެއް ވެސް ހޭދަކުރީ ފަހުރުވެރިކަމާ އެކުގައި ކަ…

"ނިކަގަސް ކަނޑައިލުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ނުދެން"

05 Nov 2026, 18:51 ވިލިމާލޭ މޫދު ކުޅިވަރު ސަރަހައްދުގައި ހުންނަ ނިކަގަސް ކަނޑައިލުމުގެ މަސައްކަތް ކުރަން ވެމްކޯއަށް ހުއްދަދިނީ މާލޭ ސިޓީ ކައުންސިލުން ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން ގާނޫނީ ފިޔަވަޅު އަޅަން ފާސްކުރަން އަންނަ ހަފުތާގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށް، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން މިއަދު ވިދާޅުވެއްޖެއެވެ. ވިލިމާލޭ މޫދު ކުޅިވަރު ސަރަހައްދުގައި ހުންނަ ނިކަގަހެއް ކަނޑައިލުމުގެ މަސައްކަތް ފެށުމުން، ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އެކްޓިވިސްޓަކު…

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމެރިކާގެ ނައިބު ރައީސް ސިޔާސީ ބާރު ފުޅާކުރަނީ

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ ބާރު ފުޅާކުރަން މަސައްކަތް ކުރަނީއެވެ. އެމެރިކާގެ މެދުދައުރުގެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ އައު ޕްލެޓްފޯމެއް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ. މި އައު މިސްރާބުގެ މައިގަނޑު އަމާޒަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން ޔަހޫދީ ދައުލަތާ އެކު އޮންނަ ހާރިޖީ ގުޅުން …

ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެއްސަކު ބަންދުކޮށްފި

05 Nov 2026, 18:54 ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ސިމާނީ، އުމުރުން 43 އަހަރުގެ އަލީ މުޝްތާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިނަވަރަކަށް ހެ…

މެޑަމް ސާޖިދާ، އައިޔޫއެމްގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރުވާ މަތީ ވަނަ ހާސިލްކުރި 9 ފަރާތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި، ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ނެނގި ހަނދާނީ ގުރޫޕު ފޮޓޯއެއްގައި މެޑަމް ސަޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިޔ…

ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވައިލި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

05 Nov 2026, 19:20 ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އިތުރު 14 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ޒިހާންގެ ބަންދަށް ކުރިން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ތަހުގީގު ކުރިއަށްދާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދުނުކަމަށާއި، ކޯޓުން އެކަން ބަލައިގަނެ އިތ…

Loading fresh headlines…