Live 359,227 stories Updated Nov 5, 2026
Browse topics All stories

Latest stories

Live feed

އީރާން ހަނގުރާމައިގެ ތެރެއަށް ޓްރަމްޕް ވެއްދީ އޮޅުވާލުމެެއްގެ ތެރެއިން ކަމުގެ އިހުސާސް އޭނާ ކުރައްވަނީ

05 Nov 2026, 17:22 ވޮޝިންޓަން (5 ނޮވެންބަރު 2026) : އީރާންއާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ޓްރަމްޕް ނިންމެވީ އޮޅުވާލުމެއްގެ ތެރެއިން އައި ފިއްތުންތަކެއްގެ ސަބަބުން ކަމުގެ އިހުސާސް ޓްރަމްޕަށް މިހާރު ކުރެއްވޭކަމަށް އޭނާގެ މުސްތަޝާރަކާ ހަވާލާދީ ސީއެންއެން ބުނެފިއެވެ. ޓްރަމްޕްގެ މުސްތަޝާރުންގެ ތެރެއިން ނަންހާމަކުރަން ނޭދޭ ބޭފުޅަކާ ހަވާލާދީ ސީއެންއެން ބުނިގޮތުގައި އީރާން ހަނގުރާމައިގެ ތެރެއަށް ޓްރަމްޕް ވެއްދީ އޮޅުވާލުމެއްގެ ތެރެއިން ކަމުގެ އިހުސާސް ޓްރަމްޕަށް މިހާރު ކުރެއްވެއެވެ. ނަމަވެސް މިކަމާބެހ…

ޑަބްލިއުޓީއެމް: އައު ގުޅުންތައް ހޯދާ ވިޔަފާރިތައް ކުރިއަރުވަން ބޮޑު ފުރުސަތެއް

ލަންޑަންގެ އެކްސެލްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓުގައި ދިވެހިރާއްޖޭގެ 62 ކުންފުންޏަކުން 136 ފަރާތެއް ބައިވެރިވެއެވެ. މި ފެއަރގައި ދިވެހިރާއްޖެއިން ދަނީ، ޖުމުލަ 161 މަންދޫބުންގެ ވަފުދެއް ތަމްސީލުކުރަމުންނެވެ. ވޯލްޑް ޓްރެވަލް މާކެޓަކީ، އަހަރުގެ ތެރޭގައި ބާއްވާ އެންމެ ބޮޑު 3 ފެއަރގެ ތެރެއިން ޔޫރަޕުގެ މާކެޓަށް ވާސިލުވުމުގެ އެންމެ ބޮޑު ފެއަރއެވެ. މިއަހަރުގެ ފެއަރގައިވެސް ދިވެހިރާއްޖެއިން ރިސޯޓުތަކާއި އެއަރލައިންސް، ހޮޓެލްސް އަދި ޓުއަރ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހު…

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަދުވަހުގެ ރޭގެ ވަގުތެއްގަ…

ނޮވެމްބަރު 11 އާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު

މި ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ. ރައީސް އޮފީހުން ބުނީ އެގޮތަށް ކަނޑައެޅުއްވީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށެވެ. މި އަހަރުގެ ނޮވ…

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. މި މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ޝާހިދު ފަރާތުން ބުދަ ދުވަހު އެވެ. ނަމަވެސް މި މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ.ޝާހިދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުރޭގެ ވަގުތެއްގަ އެވެ. އެގޮތުން، ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ވަނ…

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާނުކޮށްފި

05 Nov 2026, 15:40 ޕޯޗުގަލް ގައުމީ ޓީމުގައި 23 އަހަރު ހޭދަކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔާވިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ނިންމުން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. މިއާއެކު ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާ ހޭދަކުރި 23 އަހަރުވީ ދިގު އަދި ކާމިޔާބު ކެރިއަރަށް މިވަނީ ނިމުން އައިސްފައެވެ. ވީޑިއޯ މެސެޖުގައި ރޮނާލްޑޯ ބުނީ، މިއީ ނިންމަން އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން ކަމަށާއ…

އޭއައި ބޭނުންކޮށްގެން ރާއްޖޭގެ ޖީޑީޕީއަށް 112 މިލިއަން ޑޮލަރު އިތުރުކުރެވިދާނެ: ދިރާސާ

05 Nov 2026, 15:47 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ރާއްޖޭގެ ޖީޑީޕީއަށް 112 ބިލިއަން ޑޮލަރު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ގެނައުމާ ގުޅޭ ދިރާސާތައް ކުރާ އެޔާ ތިންކް ޓޭންކުން ވަނީ، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގައި ޒުވާނުން އޭއައިއަށް އަހުލުވެރިވެފައިވާ މިންވަރު ބަލައި، އޭއައިގެ ސަބަބުން އެ ގައުމުތަކަށް ކުރާނެ ފައިދާ ދެނެގަތުމުގެ ދިރާސާއެއް …

އިންތިޚާބުގައި ބަލިވުމުން އެމެރިކާގެ ނައިބު ރައީސް އީރާން ހަނގުރާމައާ ދުރަށް ޖެހިވަޑައިގެންފި

05 Nov 2026, 15:57 ވޮޝިންޓަން (5 ނޮވެންބަރު 2026): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާޓީއަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން އީރާން ހަނގުރާމަ ކުރިޔަށް ގެންދިޔުމާމެދު ޓްރަމްޕްގެ ސަރުކާރުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދި ނައިބު ރައީސް ޖޭޑީ ވެންސް، އީރާން ހަނގުރާމައާ ދުރަށް ޖެހިވަޑައިގެންފި ކަމަށް ޚަބަރު ލިބެއްޖެއެވެ. "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓްގެ އަޣްލަބިއްޔަތު ގެއްލި ޓްރަމްޕްގެ ޕާޓީއަ…

ބޮމުގެ ހަމަލާއެއްގެ އިންޒާރުތައް ލިބި، ޔޫރަޕްގެ ފްލައިޓުތަކެއް އަނެއްކާވެސް ޑައިވާޓްކުރަން ޖެހިއްޖެ

05 Nov 2026, 16:18 ޔޫރަޕްގެ ފްލައިޓުތަކަކަށް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތަކެއް މިއަދު ލިބި، ދަތުރުތަކަށް ބަދަލު ގެންނަން ޖެހިއްޖެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކި ރޫޓްތަކުން ދަތުރުކުރަމުން ދިޔަ 10 ބޯޓެއްގެ ދަތުރަށް، އިންޒާރުތަކާ ގުޅިގެން މިއަދު ވަނީ ބުރޫއަރައިފައެވެ. ޗެކް ރިޕަބްލިކުން ވަނީ، އެ ގައުމާ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބޮމުގެ ހަމަލާއެއްގެ އިންޒާރު ލިބުނު ހަތަރު ބޯޓެއް އެ ގައުމަށް ޖައްސަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބަލްގޭރިއާގެ ޓްރާންސްޕ…

އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަނަކީ، ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ބީއެމްއެލުން ވިދާޅުވީ، 5 ނޮވެމްބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝ…

ވަޒީރު ޝިޔާމް، ޗައިނާގެ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަށް

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސިލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތަކީ، 7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް އިންތިޒާމުކުރި ފަރާތްތަކުގެ ޚާއްޞަ ދައުވަތަކަށް ޗައިނާގެ ހައިނާންއަށް މިނިސްޓަރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މުހިންމު ޒިޔާރަތެކެވެ. ޗައިނާގެ ޔާޒޫ ބޭ ސައިންސް އެންޑް ޓެ…

ކޮރަޕްޝަން ތަޙުޤީޤުކުރަން އިންވެސްޓިގޭޓަރުން ތަމްރީނުކުރަން ޑިޕްލޮމާ ކޯހެއް

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ. އޭސީސީން ބުނީ މިއީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ފަށަން ނިންމާފައިވާ ކޯހެއް ކަމަށެވެ. ރާއްޖޭގައި …

Loading fresh headlines…