އެމިރޭޓްސްގެ ފައިދާ 66 ޕަސެންޓް ދަށަށް
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުމާ އެކު، އެމިރޭޓްސް އެއާލައިންގެ މި އަހަރުގެ ފުރަތަމަ ހަ މަހުގެ ފައިދާ 66 ޕަސެންޓަށް ދަށަށް ގޮސްފި އެވެ. ވައިގެ ދަތުރުތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ކުންފުނި، އެމިރޭޓްސް އިން ބުނީ، އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަހު ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. މެދ…