ބޮމުގެ ހަމަލާއެއްގެ އިންޒާރުތައް ލިބި، ޔޫރަޕްގެ ފްލައިޓުތަކެއް އަނެއްކާވެސް ޑައިވާޓްކުރަން ޖެހިއްޖެ
05 Nov 2026, 16:18 ޔޫރަޕްގެ ފްލައިޓުތަކަކަށް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތަކެއް މިއަދު ލިބި، ދަތުރުތަކަށް ބަދަލު ގެންނަން ޖެހިއްޖެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކި ރޫޓްތަކުން ދަތުރުކުރަމުން ދިޔަ 10 ބޯޓެއްގެ ދަތުރަށް، އިންޒާރުތަކާ ގުޅިގެން މިއަދު ވަނީ ބުރޫއަރައިފައެވެ. ޗެކް ރިޕަބްލިކުން ވަނީ، އެ ގައުމާ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބޮމުގެ ހަމަލާއެއްގެ އިންޒާރު ލިބުނު ހަތަރު ބޯޓެއް އެ ގައުމަށް ޖައްސަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބަލްގޭރިއާގެ ޓްރާންސްޕ…