Live 359,227 stories Updated Nov 5, 2026
Browse topics All stories

Latest stories

Live feed

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމެރިކާގެ ނައިބު ރައީސް ސިޔާސީ ބާރު ފުޅާކުރަނީ

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ ބާރު ފުޅާކުރަން މަސައްކަތް ކުރަނީއެވެ. އެމެރިކާގެ މެދުދައުރުގެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ އައު ޕްލެޓްފޯމެއް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ. މި އައު މިސްރާބުގެ މައިގަނޑު އަމާޒަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން ޔަހޫދީ ދައުލަތާ އެކު އޮންނަ ހާރިޖީ ގުޅުން …

ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެއްސަކު ބަންދުކޮށްފި

05 Nov 2026, 18:54 ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ސިމާނީ، އުމުރުން 43 އަހަރުގެ އަލީ މުޝްތާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިނަވަރަކަށް ހެ…

މެޑަމް ސާޖިދާ، އައިޔޫއެމްގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރުވާ މަތީ ވަނަ ހާސިލްކުރި 9 ފަރާތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި، ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ނެނގި ހަނދާނީ ގުރޫޕު ފޮޓޯއެއްގައި މެޑަމް ސަޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިޔ…

ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވައިލި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

05 Nov 2026, 19:20 ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އިތުރު 14 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ޒިހާންގެ ބަންދަށް ކުރިން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ތަހުގީގު ކުރިއަށްދާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދުނުކަމަށާއި، ކޯޓުން އެކަން ބަލައިގަނެ އިތ…

ބީއެމްއެލް އެފޯޑަބަލް ހައުސިން: ހުޅުމާލޭ ފޭސް1ގެ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގައި ޤާއިމްކުރާ ހައުސިން ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ. މިއަދު ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 360 އެޕާޓްމެންޓުގައެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، …

ބޮޑެތި އިނާމުތަކާ އެކު 'ރެޑްވޭވް ރޯދަ ސޭލް' ފަށައިފި

ގިނަ ބަޔަކު އިންތިޒާރުކުރާ އެންމެ ބޮޑު އެއް ސޭލް، "ރެޑްވޭވް ރޯދަ ސޭލް 2027" ބޮޑެތި ޑިސްކައުންޓްތަކަކާއި އަގުހުރި އިނާމުތަކާއެކު ރަސްމީކޮށް ފަށައިފި އެވެ. އަންނަ ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވުން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިލެކްޓްރޯނިކްސް ސާމާނާއި ފަރުނީޗަރުގެ އިތުރުން ހިފާގެންގުޅޭ ބަދިގޭ ސާމާނުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ސޭލް، މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ އެ…

ހެލްތު އެންޑް ފެމިލީ އެކްސްޕޯ ރައީސް އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" އިފްތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މައުރަޒު އިފްތިތާހުކޮށްދެއްވީ، މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސް ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި…

ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މިހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން، ކުރިއަށް އޮތް ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ޖުމްހޫ…

"ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެއްޖެ"

ގައިގަޔަށް ނާރާ ބަލިތައް އިތުރުވާ މިންވަރަށް ބަލައި، މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ސިއްޚަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހެލްތު އެންޑް ފެމިލީ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސިއްޚަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފެމިލީ އެންޑް ހެލްތު އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްޚީ އިޖުތިމާޢީ ޚިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ.…

ސިއްހީ ދާއިރާގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކެއްގެ މަސައްކަތް ފެންނަ ހެލްތު އެކްސްޕޯ ހުޅުވައިފި

05 Nov 2026, 17:43 ސިއްހީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދޭ ގިނަ ކުންފުނިތަކެއްގެ މަސައްކަތް ފެންނަ 'ހެލްތު އެންޑް ފެމެލީ އެކްސްޕޯ 2026 މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. 'ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި' މި ޝިއާރުގެ ދަށުން، ހެލްތު މިނިސްޓްރީއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހެލްތު އެކްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ސިއްހީ …

ހެލްތު އެންޑް ފެމިލީ އެކްސްޕޯ ރައީސް މުއިއްޒު އިފްތިތާހްކޮށްދެއްވައިފި

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ ހެލްތު އެންޑް ފެމެލީ އެކްސްޕޯ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ. ސިއްހީ އަދި އިޖުތިމާއީ ގިނަ މައުލޫމާތު އެއްތަނަކުން އާއްމުންނަށް ފޯރުކޮށްދޭން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯ ފެށީ މިއަދު ހަވީރު އެވެ. އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ސްޓޯލްތައް ބައްލަވާލައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ވޭތުވެދިޔަ ތިން …

"އަގީދާއަށް ދޭ ހަމަލާތަކާ ދެކޮޅަށް އެންސީޓީސީއާއި އައިޔޫއެމް ގުޅިގެން މަސައްކަތްކުރެވޭނެ"

ބަވަނަވަމުން އަންނަ ދުނިޔޭގައި ދިވެހީންގެ އަގީދާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ވަަޒީރުވަނީ، ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމަށް އެ ޔުނިވަރސިޓީން ކުރަމުން އަންނަ މަސައްކަތްތައް ފާހ…

Loading fresh headlines…