Live 359,223 stories Updated Nov 6, 2026
Browse topics All stories

Latest stories

Live feed

ވޯލްޑް ޓްރެވެލް މާކެޓް: ފަތުރުވެރިކަމުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފެއާ

ވޯލްޑް ޓްރެވެލް މާކެޓް، ޑަބްލިއުޓީއެމްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ވިޔަފާރީގެ އެއް ފެއާއެވެ. މި ފެއާ ފެށީ 1980 ވަނަ އަހަރު ލަންޑަނުގެ އޮލިމްޕިއާގައެވެ. ފުރަތަމަ ފެއާގައި 40 ޤައުމަކުން 221 އެގްޒިބިޓަރުން ބައިވެރިވިއެވެ. އެ އަހަރު 9,000 ވިޔަފާރިއެއް ރަމްޒުކުރާ ފަރާތްތަކުން ފެއާއަށް ޒިޔާރަތްކޮށް ވިޔަފާރީގެ މުޢާމަލާތްތަކުގައި ބައިވެރިވިއެވެ. އޭގެ 40 އަހަރު އަހަރު ފަހުން، މިއަދު މި ހަރަކާތް ވެފައިވަނީ ފަތުވެރިކަމުގެ ވިޔަފާރިއާ ގުޅޭ އެންމެ ބޮޑު …

ތުރާކުނު ރައްޔިތުން ބޭނުންވަނީ ބިންހިއްކުމާއި މަގުތައް ތަރައްޤީކޮށް އަވަހަށް ނިންމާލުން

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް 350 އެއްހާ މީހުން ދިރިއުޅެމުންދާ ހއ. ތުރާކުންނަށްވެސް އެކި ދާއިރާތަކުން ތަރައްޤީ ބޭނުންވެއެވެ. ރަށުގެ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސްދީ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާލުމަށެވެ. ހަމައެއާއެކު އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. މި ދެ މަޝްރޫޢުވެސް ކުރިއަށްގެންދިޔުމަށް ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ. ތުރާކުނު ބިން ހިއްކު…

އެލްޖީއޭގެ ބޯޑު އިންތިޚާބު: ޕީއެންސީއަށް މުހިންމު މޮޅެއް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ ދާއިމީ ނަތީޖާއަށް ބަލާއިރު މި އިންތިޚާބުގައި ކައުންސިލްތަކުން ހޮވާ މެމްބަރަކަށް ޕީއެންސީގެ ކެނޑިޑޭޓް އަލީ އަހުމަދުއަށް، 314 ވޯޓު އަދި އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޒާފިރަށް 227 ވޯޓު ލިބިވަޑައިގަންނަވާފައިވެއެވެ. އަދި ޑަބްލިއުޑީސީގެ ރައީސާއިންގެ ތެރެއިން ޕީއެންސީގެ ކެނޑިޑޭޓް މަރިިޔަމް ޒީނާއަށް، 93 ވޯޓު ލިބިވަޑައިގަތް އިރު އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ. ދިވެހިރާއްޖޭގެ ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީ…

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރަން އިންޑިއާއިން 1.5 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށައިފި

އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމުގެ މަރުހަލާ އަވަސްކުރުމުގެ ގޮތުން 92 ގިގަވޮޓް-އަވަގެ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް 1.5 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިންޑިއާ ސަރުކާރުން ބުދަ ދުވަހު އިއުލާންކޮށްފި އެވެ. ގްރީންހައުސް ގޭސް ތިންވަނައަށް އެންމެ ގިނައިން ބޭރުކުރާ އިންޑިއާއަކީ، އެ ގައުމުގެ ހަކަތައިގެ ބޮޑު ބޭނުމަކަށް އަދިވެސް ތިމާވެށި ތަޣައްޔަރުކުރާ ކޯލް އަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް 1.4 ބިލިއަނަށ…

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މަގާމުން ވަކިކުރަން އަލުން ހުށަހަޅަނީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރަން، އިމްޕީޗްމަންޓް މައްސަލަ އަންނަ ހަފުތާގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އަލުން ހުށަހެޅުމަށް ރިޕަބްލިކަން ޕާޓީގެ މެންބަރެއް އިސްވެ ހުންނަވައި ތައްޔާރުވާން ފަށައިފި އެވެ. ހެގްސެތު ނިސްބަތްވާ ޕާޓީގެ މެންބަރަކު މި މައްސަލަ އަލުން މަޖިލީހަށް ވައްދަން ނިންމާފައި މި ވަނީ، މި ހަފްތާގައި ނިމުނު އެމެރިކާގެ މިޑްޓާމް އިންތިހާބުގައި، އީރާނާ ދެކޮޅަށް ހެގްސެތު އިސްވެ ހުންނަވައިގެން ފެއްޓެވި ހަނގުރާމައާ މެދު އާންމުންގެ ބޮޑު ނުރުހުމެއް އަމާޒު…

މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ މީގެ ކުރިން ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން: މޭޔަރު އާޒިމް

މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން ކަމަށް އެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތެއްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އާންމުން ދަތުރުފަތުރު ކުރަން ގެންގުޅޭ އުޅަނދުތައް ކޮންމެ ދުވަހަކު ޓޯ ކުރަމުންދާ ކަމަށާއި ނަމަވެސް މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުލިބޭ ކަން ރައްޔިތަކު ފާހަގަކުރި އެވެ. އެ…

ހިޔާވަހި ފައިނޭންސްގެ ލޯނު ޓޮޕްއަޕްކުރެވޭނެ ގޮތްތައް ބަލަނީ!

ހިޔާވަހި ފައިނޭންސްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކުރެވޭނެ ގޮތްތައް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގުގެ 12 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ވަނީ ހިޔާވަހި ފައިނޭންސްގެ ދަށުން ލޯނު ހަމަޖެހިފައި ވީނަމަވެސް އެކަށީގެންވާ އަދަދަށް ލޯނު ލިބިފައިނުވާތީ ގެދޮރު އިމާރާތްކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ބުނެފައެވެ. މި ކަންބޮޑުވުމާއި ގުޅިގެން ރައީސް ވިދާޅުވީ، އެމަނިކުފާނ…

ޗެޓް ނުހުޅުވައި މެސެޖުތައް ބަލައިލެވޭ ފީޗާއެއް ވަޓްސްއެޕް އެންޑްރޮއިޑަށް

05 Nov 2026, 23:38 ވަޓްސްއެޕްގެ އެންޑްރޮއިޑް އެޕް ބޭނުންކުރާ ފަރާތްތަކަށް ޗެޓް ނުހުޅުވައި މެސެޖުތައް ބަލައިލެވޭ "ޗެޓް ޕްރިވިއު" ފީޗާއެއް ތަޢާރަފުކުރުމުގެ މަސައްކަތް ވަޓްސްއެޕުން ކުރަމުންދާ ކަމަށް ޑަބްލިއުއޭބީޓާިއިންފޯ އިން ރިޕޯޓުކޮށްފިއެވެ. މި ފީޗާގެ ދަށުން ޗެޓް ލިސްޓުގައިވާ ކޮންވަސޭޝަނެއްގެ މައްޗަށް ފިތާލައިގެން ހިފަހައްޓާލުމުން (ލޯންގް ޕްރެސް ކުރުމުން)، އަންނަ އާ އެކްޝަން މެނޫގެ މަތީގައި އެ ޗެޓެއްގެ އެންމެ ފަހުގެ މެސެޖުތައް ވަކި ވިންޑޯއެއްގައި ޕްރިވިއުއެއްގެ ގޮތުގައި ފެންނާނެއެވެ. އަދި މި ޕްރި…

ރާއްޖޭގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ހިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، އެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ. ފެނަކަ އިން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް، ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ. އެ ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯ އިން މިއަދު ހަވާލުވީ ލ. ފޮނަދުއާ އެވެ. އެކަން ފާހަގަކުރަން، ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެ…

ގެއްލުނު ކަނޑު ހޯއްދަވަން ރައީސް ނޫޅުއްވާ، އިތުރު ކޮމިޝަނެއް އުފެއްދެވީ ކީއްވެތޯ: ޔާމީން

05 Nov 2026, 23:58 "ގެއްލުނު ކަނޑު" ހޯއްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްނުކުރައްވާ ކަމަށް ވިދާޅުވެ، އެ މަސައްކަތްކުރުމަށް ރިޔާސީ އިތުރު ކޮމިޝަނެއް އުފެއްދެވީ ކީއްވެތޯ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ސުވާލު އުފައްދަވައިފިއެވެ. ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ، މި ސަރުކާރަށް ތިން އަހަރުވީ އިރު "ގެއްލުނު ކަނޑު" ހޯދަން ކުރެވުނީ ކޮން ކަމެއްތޯ …

ބީއެމްއެލް އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުން ބައެއް ހައުސިން ޔުނިޓުތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. ބީއެމްއެލްއިން ބުނީ ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މާލޭގައި މިވަގުތު 3260 ހައުސިން ޔުނިޓް ގާއިމްކު…

ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމްއިން ރޯދަމަހު ތަފާތު 3 މުބާރާތެއް!

ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމްއިން 1448 ވަނަ އަހަރުގެ ރަމަޟާންމަހު ކުރިޔަށް ގެންދިޔުމަށް ހިމަޖެހިފައިވާ މުބާރާތްތައް އިފްތިތާހުކޮށްފިއެވެ. މި މުބާރާތްތައް އިފްތިތާހުކޮށްދެއްވީ، ޕަބްލިކް ސަރވިސް މީޑީއާ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދެވެ. ކުރިއަށްއޮތް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން 2 މުބާރާތެއް، އަދި ދިވެހި އެފްއެމްއިން އެއް މުބާރާތްކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާ…

Loading fresh headlines…