ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ ބާރު ފުޅާކުރަން މަސައްކަތް ކުރަނީއެވެ.
އެމެރިކާގެ މެދުދައުރުގެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ އައު ޕްލެޓްފޯމެއް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ.
މި އައު މިސްރާބުގެ މައިގަނޑު އަމާޒަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން ޔަހޫދީ ދައުލަތާ އެކު އޮންނަ ހާރިޖީ ގުޅުން އަލުން މުރާޖައާކުރުމެވެ.
ފޮކްސް ނިއުސް ޑިޖިޓަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންގްރެސްގެ 2 މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ވެންސް ވަނީ ވެރިކަންކުރާ ފަރާތްތަކާ މެދު މާޔޫސްވެފައިވާ އާންމު ރައްޔިތުންނާއެކު ސިޔާސީ އައު އިއްތިހާދެއް ބިނާކުރުމުގެ މަސައްކަތްޕުޅު ފައްޓަވާފައެވެ.
މި މައްސަލައާ ގުޅިގެން ވައިޓް ހައުސްގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމެއްގައި، ސަރުކާރުގެ އިސް އޮފިޝަލުން އެއްގޮތް ސިޔާސީ މެސެޖެއް ގެންގުޅުއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުވުމަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ވެންސް ހިއްސާކުރެއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، މިފަހަރުގެ އިންތިހާބުން ނާކާމިޔާބުވި މައިގަނޑު ސަބަބަކީ އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އަދި ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ހަނގުރާމަތައް ހުއްޓާލުމާއި، އިންފްލޭޝަން ނުވަތަ މުދަލުގެ އަގުތައް އިންތިހާއަށް އުފުލުން ކޮންޓްރޯލްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެންސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމެރިކާގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތުތައް ވަރުގަދަކޮށް، ޒަޔަނިސްޓު ޔަހޫދީ ދައުލަތާއެކު އޮންނަ ހާރިޖީ އަދި އަސްކަރީ ގުޅުންތައް އަލުން މުރާޖައާކުރުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމެރިކާގެ ނައިބު ރައީސް ސިޔާސީ ބާރު ފުޅާކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed