ގިނަ ބަޔަކު އިންތިޒާރުކުރާ އެންމެ ބޮޑު އެއް ސޭލް، "ރެޑްވޭވް ރޯދަ ސޭލް 2027" ބޮޑެތި ޑިސްކައުންޓްތަކަކާއި އަގުހުރި އިނާމުތަކާއެކު ރަސްމީކޮށް ފަށައިފި އެވެ.
އަންނަ ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވުން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ
ދަށުން، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިލެކްޓްރޯނިކްސް
ސާމާނާއި ފަރުނީޗަރުގެ އިތުރުން ހިފާގެންގުޅޭ ބަދިގޭ ސާމާނުން 75 ޕަސެންޓާ
ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
މި ސޭލް، މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ ސޭލަށް ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދެމުން އަންނަ
ރެޑްވޭވުން މި އަހަރު ވެސް ވަނީ ހާއްސަ އިނާމުތަކެއް ހުށަހަޅައިފަ އެވެ.
އެއް ވަަނަ އަށް ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް އެއް ލައްކަ ރުފިޔާ ހުށަހަޅާފައި ވާއިރު، ދެ ވަނަ އަށް ހުށަހަޅާފައި ވަނީ ރެޑްވޭވް އިން އެއް އަހަރު ދުވަހުގެ ހިލޭ ވިޔަފާރިކުރުމުގެ ފުރުސަތެވެ. އެގޮތުން 12 މަސް ދުވަސްވަންދެން، ކޮންމެ މަހަކު 5000ރ. އާ ހަމައަށް ވިޔަފާރިކުރެވޭނެ ވައުޗަރެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގެ ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ފަސް ނަސީބުވެރިއަކަށް 5،000ރ. އެވެ.
މި ސޭލްއާ ގުޅޭ ގޮތުން ރެޑްވޭވްގެ އިސް އޮފިޝަލަކު ބުނީ އެހެން ފިހާރަތަކާ އަޅާބަލާއިރު
ރެޑްވޭވްގެ އަގުތައް ހެޔޮވާނެ ކަމަށެވެ.
ރޯދަ މަހަކީ ގޭތެރެ ޒީނަތްތެރިކުރުމަށާއި، ބަދިގެއަށް ބޭނުންވާ ސާމާނު
އާކުރުމަށް ގިނަ ބަޔަކު ހާއްސަ އިސްކަމެއް ދޭ ދުވަސްވަރަކަށް ވާތީ، ރެޑްވޭވްގެ މި
ސޭލަކީ އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނޭހެން ފެންވަރު ރަނގަޅު މުދާ ހެޔޮ
އަގުގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.