ޔަހޫދީން ޣައްޒާއަށް އަނެއްކާވެސް ހަމަލާދީ ހުޅަނގު އައްސޭރިން އިތުރު ބިންތަކެއް ފޭރިގެންފި
ފަލަސްޠީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމަށް ވެވިފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މެދުތެރޭގައި ހުރި ރެފިއުޖީ ކޭމްޕަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ. މި ހަމަލާގައި ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން، ޣައްޒާ ސިޓީގެ އެކި ސަރަޙައްދުތަކަށާއި ދެކުނުގެ ޚާން ޔޫނިސްއަށްވެސް ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރައްވާފައިވ…