Live 359,223 stories Updated Nov 7, 2026
Browse topics All stories

Latest stories

Live feed

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

ސަރފިންގ ނުވަތަ ރާޅާއަޅާ ކުދިން މިހާރު ބޭނުން ކުރުމަށް ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި އުއްމީދަކީ އެބޭފުޅުންގެ ވެރިކަމެއްގައި ސަރފިންގ އަށް ޚާއްސަ ފެސިލީޓީސް ވީ އެންމެ ފުރިހަމަކޮށް ގާއިމުކޮށްދިނުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރަނިންމޭޓް އާދަމް އާޒިމް ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ…

"ބަންގްލަދޭޝް ދަނޑަށް އަލެއް ނޫން، ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެން"

ބަންގްލަދޭޝް ދަނޑަށް ދިވެހި ކުޅުންތެރިން އަލެއް ނޫން ކަމަށާއި، ބޭނުންވަނީ ބަންގްލަދޭޝްގައި ރަނގަޅު ނަތީޖާއެއް ނެރެން ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ. ގައުމީ ފުޓުބޯޅަ ޓީމުން މީގެ ކުރިން ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން 2009 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެއިން ވަނީ ކުޅެފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން މޮޅުވެ ރާއް…

ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް!

ގއ. ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަ…

އިންޑިއާގެ ތެޔޮ ކާރުހާނާ ރޯވެ އެކަކު މަރުވެއްޖެ

އިންޑިއާގެ އައްސާމްގައި ހުންނަ އޮއިލް އިންޑިއާ ތެޔޮ ކާރުހާނާ ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. އެނގިފައިވާ ގޮތުގައި ތެންގަހަތު އަވަށުގައި ހުންނަ ތެޔޮ ކާރުހާނާގައި އަލިފާން ރޯވެފައި ވަނީ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުގެ ހެނދުނު، ގާތްގަނޑަކަށް 09:05ހާއިރެވެ. މި ހާދިސާގައި އެ މަރުކަޒުގައި މަސައްކަތް ކުރާ އެކަކު މަރުވެ، ހަ މީހުންނަށް ވަނީ ޒަހަމްވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ސާފުނުކުރާ ތެލާއި ގޭސް ނުސީދާކޮށް ހޫނު ކުރުމަށް ބޭނުންކުރާ އާލާތެއްގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުން ދިޔ…

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގއ. އަތޮޅާއި ގދ. އަތޮޅަށް ރީނދޫ ސަމާލު

06 Nov 2026, 22:43 ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގައި ބުނެފައިވަނީ، ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 10:00 އިން ފެށިގެން ދަންވަރު 01:30 ގެ ނިޔަލަށެވެ. މާދަމާ ހެނދުނު 06:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަ…

ގަލްފުގައި ތެޔޮ ބޯޓަކަށް ހަމަލާއެއް، އެކަކު މަރުވި

ގަލްފު ސަރަހައްދުން ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ގޮވައި ފަޅުވެރިއަކު މަރުވެއްޖެއެވެ. މާޝަލް އައިލެންޑްސްގެ ދިދައިގައި ދަތުުރުކުރަމުން ދިޔަ އެމްޓީ ވެލޮސް ސެފަޔަރ ގޮވީ މިސައިލް ހަމަލާއެއް އަމާޒުވެގެން ކަމަށް ބެލެވޭ ކަމަށް އެ ބޯޓުގެ އޭޖެންޓު ވަނީ ބުނެފައެވެ. އެ ޓޭންކަރަށް ހަމަލާ އަމާޒުވީ ތެޔޮ ބަރުނުކޮށް ބަހްރައިންއާ ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާގައި މަރުވި މީހާ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ޒަހަމްތަކެއް ލިބި، އޭނާ މަރުވެ…

ޝާހިދަށް ތުހުމަތު ކުރެވޭ މައްސަލަ: ކުއްޖާގެ މައުލޫމާތު އާންމު ނުކުރަން އެދިއްޖެ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެ ގޮތަށް މައުލޫމާތު ދައުރު ނުކުރަން ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށާއި ނަމަވެސް، އެ ހަމަތަކާއި ހިލާފަށް ކުޑަކުދ…

އޭއީއެޗުގެ އޮކިއުޕޭޝަނަލް ސޭފްޓީ ކޮންފަރެންސް ނިމިއްޖެ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު، އޯއެސްއެޗު ކޮންފަރެންސް ނިމިއްޖެއެވެ. މި ކޮންފަރެންސް ބާއްވާފައިވަނީ، މިމަހުގެ 4 އިން 5 އަށް އައްޑޫ ހައިސްކޫލުގައެވެ. އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އެމްއެންޔޫ ގުޅިގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސުގައި ޖުމްލަ 120 މަންދޫބުން ބައިވެރިވިއެވެ. މީގެ އިތުރުން 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން މި ކޮންފަރެންސްގައި ބައިވެރިވިކަމަށް އ…

އިންސާނުން އުފުލާ ޑްރޯނެއްގެ ދަތުރުތައް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯން ނުވަތަ އީވީޓޯލް މަތިންދާބޯޓެއްގެ ދަތުރު ދައްކާލުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ. ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ "މޭނެޑް ޑްރޯން" އުދައްސައި، އެ ހަރަކާތް ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގަ އެވެ. އެ ހަރަކާތް މާދަމާ ހެނދުނު އަދި ހަވީރު ވެސް ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ހެނދުނު 8:45 ގައި ހަރަކާތް ކުރިއަށް ގެންދަން…

ގއ އަތޮޅުން ގދ އަތޮޅަށް ރީނދޫ ސަމާލު

ގއ އަތޮޅުން ގދ އަތޮޅާ ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 22:00 އިން 01:30 އަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ. https://x.com/MetMaldives/status/2118749623779250547 މެޓްއިން އާންމު ކުރި މައުލޫމާތުގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް އުތު…

ހާލުގައި ޖެހިފައިވާ ސޫރިޔާގެ އެކަނިވެރި މައިން ތަޢިއްޒުގައި ގޮތް ހުސްވެފައި

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ދިރިއުޅޭ އަވަށް ދޫކޮށް ދިއުމަށް މަޖުބޫރުވެ،ތަޢިއްޒުއަށް ގޮސްފައިވާ ދެ އެކަނިވެރި މައިން ދަނީ އެ މީހުންގެ ދަރިންނަށް ކާންދީ ފިނިން ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ މީހުންގެ ގެދޮރު ދޫކޮށް ތަޢިއްޒުއަށް ގޮސްފައި ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ މީހުން މިހާރު ދިރިއުޅެމުން ދަނީ އެ ސަހަރުގައި ހުންނަ ގެއްލުން ލިބިފައިވާ އިމާރާތެއްގައެވެ. އެ މީހުންގެ ޒަރޫރީ ބޭނުންތައް …

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލާ ނަމަ، ފިޔަވަޅު އަޅަންޖެހޭނެ: މިނިސްޓަރު

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ދެމިތިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ޝަހީމު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުންގެ ރަމްޒީ ކައިވެންޏެއް ކޮށްދިން މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ އިދާރާއަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެެވެ. ރާއްޖޭގެ ގާނޫނުއަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަ…

Loading fresh headlines…