ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ޓްރީޓޮޕްގެ ސްޕެޝަލިސްޓު ހިދުމަތްތަކުގެ މައުލޫމާތު ދެނީ
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނާއި އެ ހޮސްޕިޓަލުން ދޭ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ބުނެފި އެވެ. ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ސްޓޯލުން އާންމުންނަށް ތަޖުރިބާކާރު ސްޕެޝަލިސްޓުންނާ ބައްދަލުކޮށް، ސިއްހީ މައުލޫމާތާއި ލަފާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންގެ ސިއްހަތު، ދަރިމައިވުމުގެ މައްސަލަތައް، ދަތުގެ ފަރުވާ، މޫނުމަތީ…