ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ، މިރޭ 8:35އިން ފެށިގެން ދަންވަރު 2:00އާ ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިގަޑިތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ދެކުނުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށްވެސް އެއިދާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.
މޫސުން ގޯސްވި ނަމަވެސް، މި ދުވަސްތަކުގައި އާންމު ވައިގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން އާންމު ވައި ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ޖެހުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ެޓް އޮފީހުން ލަފާކުރައްވައެވެ.
ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތުތައް އެއިދާރާއިން ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ލ.އަތޮޅުން އައްޑޫއަށް ހުދު ސަމާލު ނެރެފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed