Live 359,223 stories Updated Nov 7, 2026
Browse topics All stories

Latest stories

Live feed

ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްކުރާތީ ރަސްގެފާނުގެ ނުރުހުން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރުމަށް ނެރުއްވި ޝާހީ އަމުރުފުޅު ތަންފީޒުކުރުމަށް ހުރަސްއެޅުމަކީ، ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރިވުން ކަމުގައި ބެލެވިދާނެ ކަމަށް ވިދާޅުވެ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާޙީމް އިންޒާރު ދެއްވައިފިއެވެ. މެލޭޝިއާގެ ތަރައްގީގެ ފަންޑު (ވަން އެމްޑީބީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޖީބުގެ ހުކުމުގައި ބާކީ އޮތް ދެ އަހަރުގެ މުއްދަތު ގޭބަންދު…

ޕޯސްޓާއި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ "ސިންތެޓިކް ކެތިނޯން" އަތުލައިގަނެފި

ޕޯސްޓް އަދި ކޫރިއަރ މެދުވެރިކޮށް، ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފި އެވެ.ކަސްޓަމްސްއިން ބުނީ 29 އޮކްޓޫބަރު 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ…

މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ދައްކާލައިފި

07 Nov 2026, 12:54 މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް އިއްޔެ ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ. ޗައިނާގެ ކޫލްފްލައި ކުންފުނިން އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިން ޑްރޯންގެ އުދުހުންތައް ދައްކާލާފައި ވަނީ އިއްޔެ ހަވީރު ހުޅުމާލޭ ކުރެދިމާ ހިނގުން ސަރަހައްދުގައެވެ. މިއީ އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯނެއްގެ ދަތުރު ދައްކާލުމުގެ ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ދައްކާލައ…

ތަފާތު ބޮޑުކޮށް ހޮންކޮންގ ބަލިކޮށް ދިވެހި ޓީމަށް ތާރީހީ މޮޅެއް

ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން، ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންކޮންގ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ދިވެހި ގައުމީ ފުޓްސަލް ޓީމުން މުބާރާތުގައި ފުރަތަމަ 3 ޕޮއިންޓް ހޯދައިފިއެވެ. ޗައިނާގެ ޔިންޗުއާންގައި ކުރިއަށްދާ މިމުބާރާތުގައި ދިވެހި ޓީމުން ކުޅުނު ދެވަނަ މެޗުގައި ހޮންކޮންގ ބަލިކުރީ 7-0 އިންނެވެ. މެޗު ފަށައިގެންވެސް ފެނިގެންދިޔައީ ދިވެހި ޓީމުން މެޗުގެ ކޮންޓްރޯލް ނަގާ މޮޅަށް ކުޅެމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ދިވެހި ޓީމުން ޖަހާ ލީޑު ނެގީ 4 ވަނަ…

ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ ތަރައްގީ ކުރެެވޭނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރު ދީގެން: މޭޔަރު އާޒިމް

ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ ތަރައްގީ ކުރެެވޭނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރު ދީގެން ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ބަލަން މާލެ އަންނަން ޖެހޭ ކަމަށެވެ. ނަމަވެސް ކަންކަން ހިނގަން ޖެހޭނެ ގޮތަކީ މިއީ ނޫން ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. ސަރުކާރުން…

"ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށް ބައިނަލްއަގްވާމީ ގުޅުން މުހިންމު"

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ސައިންޓިފިކް ރިސާޗާއި، ކްލައިމެޓް ރެޒިލިއަންސާއި، ކަނޑުތަކުގެ ވެރިކަން ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިންގުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހައިނާން ޕްރޮވިންސްގެ، ސަންޔާގައި ކުރިޔަށްދާ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ 7 ވަނަ ސިމްޕޯސިއަމް…

މިރޭ ހުޅުމާލޭގައި 3 މިނެޓަށް ހަވާ އަރުވަނީ

07 Nov 2026, 11:45 ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. އެމްއެންޑީއެފުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3ގައި ހަވާއަރުވާނެއެވެ. https://x.com/MNDF_Official/status/2118925005367234839 ހަމައެއާއެކު މިއީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަވާ އެރުވުމުގެ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިރޭ ހަވާއަރުވަނީ ތިން މިނެޓަށް ކަމަށ…

ބޯ ވާރޭގެ ސަބަބުން ކޮލަމާފުށީގައި ފެންބޮޑުވެ ގެއްލުންތަކެއް!

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން އެރަށަށް …

އައްޑޫގައި ވަޅިޖެހި މައްސަލައިގެ ތުހުމަތުން ސަލާމަތްވި ލޫތު، އެހެން މައްސަލައެއްގައި ޖޫރިމަނާކޮށްފި

07 Nov 2026, 11:51 އައްޑޫ ސިޓީގައި ހިންގި ވަޅިޖެހުމުގެ ނުރައްކާތެރި މާރާމާރީއެއްގައި ކުރިން ދައުވާ ލިބުނު ސ. ފޭދޫ، ޝަބްނަމީވިލާ، އަޙްމަދު ލޫތުގެ މައްޗަށް އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރިކަމުގެ ކުށް ސާބިތުވެ، 5،400 (ފަސްހާސް ހަތަރުސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފޭދޫ ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ލޫތުގެ މައްޗަށް ދައުލަތުން އުފުލި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫ…

ޕެރަގުއޭގެ ރައީސް ޕެންޔާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ޕެރަގުއޭގެ ޑިޖިޓަލް ބޭންކެއް ކަމުގައިވާ 'އުއެނޯ ބޭންކު' ބަނގުރޫޓުވެ ބަންދުކުރުމާ ގުޅިގެން އުފެދުނު މާލީ ކާރިސާގެ ތެރޭގައި، ރައީސް ސަންތިއާގޯ ޕެންޔާގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ނައިބު ރައީސް ޕެދްރޯ އަލިޔާނާ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވައިފިއެވެ. އެ ޤައުމުގެ ގާނޫނުހަދާ މަޖިލިސް، ސެނެޓުގައި ޕެންޔާގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ އިސްތިއުފާ ދެއްވުމަށް ނިންމަވައި، އިސްތިއުފާގެ ސިޓީ ސެނެޓާ ހިއްސާ ކުރައްވާފައެވެ. ނަމަވެސް، ސެނެޓުން އޭނާގެ އިސްތިއުފާ ބަލައިގަނެ…

"ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑ…

ގ. ވަށަފަރުގެއިން މަސްތުވާތަކެތި ފެނުނު މައްސަލަ: އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފި

07 Nov 2026, 12:06 ގ. ވަށަފަރުގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި، ޅ. ނައިފަރު، ސަފާ، ޙުސައިން ޠާއިލް އުމުރަށް ޖަލަށްލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. މި މައްސަލައަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ފެބްރުވަރީ 26 ވަނަ ދުވަހު ގ. ވަށަފަރުގޭގެ ހަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލ…

Loading fresh headlines…