މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރުމަށް ނެރުއްވި ޝާހީ އަމުރުފުޅު ތަންފީޒުކުރުމަށް ހުރަސްއެޅުމަކީ، ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރިވުން ކަމުގައި ބެލެވިދާނެ ކަމަށް ވިދާޅުވެ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާޙީމް އިންޒާރު ދެއްވައިފިއެވެ.
މެލޭޝިއާގެ ތަރައްގީގެ ފަންޑު (ވަން އެމްޑީބީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޖީބުގެ ހުކުމުގައި ބާކީ އޮތް ދެ އަހަރުގެ މުއްދަތު ގޭބަންދުގައި ހުންނަވައިގެން ފުރިހަމަކުރެއްވުމުގެ ލުޔެއް، ޝަރުތުތަކަކާ އެކު ރަސްގެފާނު ވަނީ ދެއްވައިފައެވެ.
މިގޮތުން 12 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކެވުމުން، ހުކުރު ދުވަހު ނަޖީބު ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެ ނިންމުން ތަންފީޒުކުރުން އެ ގައުމުގެ ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ވަގުތީ ގޮތުން ފަސްކޮށްފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނި ގޮތުގައި، މި ނިންމުން ތަންފީޒުކުރުން ފަސްކުރަން ޖެހުނީ ރަސްގެފާނުގެ ލުއިދެއްވުމުގެ އަމުރުފުޅާއި ކޯޓުގެ ހުކުމް ތަފްސީރު ކުރުމުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ކޯޓު މެދުވެރިކޮށް ސާފު އިރުޝާދެއް ހޯދުމަށެވެ. އަދި ޝާހީ އަމުރުފުޅަކާ ހިލާފުވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރަސްގެފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނު ނެރުއްވި އަމުރުފުޅަކީ އެއްވެސް އޮޅުމެއް ނެތް ސާފު ނިންމެވުމެއް ކަމަށެވެ. އަދި އެފަދަ ޝާހީ އަމުރުފުޅެއް ތަންފީޒުނުވެ ދިގުލައިގެން ދިޔުމާއި، އެކަމުގައި ޝައްކު އުފެދޭ ގޮތަށް ކަންކަން ހިނގައިގެން ނުވާނެ ކަމަށް ވެސް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްކުރާތީ ރަސްގެފާނުގެ ނުރުހުން
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed