Live 359,223 stories Updated Nov 7, 2026
Browse topics All stories

Latest stories

Live feed

ވޯލްޑް ޝެފް ގްލޯބަލް ޝެފްސް ޗެލެޖުގައި ދިވެހި ޝެފުންނަށް ތާރީޚީ ކާމިޔާބެއް، ލޯ އަދި ރިހި މެޑަލްއެއް!

07 Nov 2026, 15:15 އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދިޔަ ވޯލްޑްޝެފްސް ގްލޯބަލް ޝެފްސް ޗެލެންޖް އޭޝިއަން ސެމީ ފައިނަލްގައި ރާއްޖޭގެ ޝެފުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. ޝެފްސް ގައިޑް މޯލްޑިވްސް އިން ވަނީ އެ މުބަރާތުގެ ގްލޯޝަލް ޝެފްސް ޗެލެންޖު ކެޓަގަރީއިން ޝެފް އުވައިސް ފަޔާޒް ބްރޯންޒް މެޑަލް ހޯދި އިރު، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖުގައި ޝެފް ފާތިމަތު ސުމާ އަރީފް ރިހި މެޑަލް ހޯދާފައިވާ ކަމަށް ބުނެފައެވެ. އެއާއެކު އަންނަ އަހަރު ޗައިނާގައި އޮންނަ ވޯލްޑް ފައިނަލުން ރާއްޖޭގެ ޝެފުންނަށް ޖާގަ ލިބި…

ސިއްހީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން "އީވީޓޯލް" ކަހަލަ އުޅަނދުތައް ރާއްޖޭގައި ބޭނުންކުރެވިދާނެ: މިނިސްޓްރީ

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައި އިން ހުޅުމާލޭގައި އިއްޔެ އުދުއްސަން ފެށި "އީވީޓޯލް" އުޅަނދަކީ ރާއްޖޭގެ އެކި ރަށްރަށުގައި މުުހިއްމު ބޭނުންތަކެއް ހިފިދާނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ އެފަދަ އިލެކްޓްރިކް ޑްރޯންތަކަކީ ރަށްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރެވިދާނެ އުޅަނދުތަކެއް ކަމަށެވެ. އެފަދަ އުޅަނދު ބޭނުންކޮށްގެން ދެވިދާނެ ފަސް ހިދުމަތެއް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ. އެއީ: މެޑިކަލް ސާމްޕަލް އެއް ރަ…

ޗައިނާގައި ގައުމީ ފުޓްސަލް ޓީމުން ހޮންކޮން ކޮޅަށް ހަތް ލަނޑުޖަހައި ބޮޑު މޮޅެއް

ޗައިނާގައި ކުރިއަށްދާ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި، ހޮންކޮންގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބު ހޯދައިފި އެވެ. ޗައިނާގެ އިންޗުއާން ޖިމްނޭޒިއަމްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އަތުން ކުރިމަތވި ނާކާމިޔާބީގެ ހަނދާންތައް ފޮހެލައި، މިއަދު ހޮންކޮންއާ ދެކޮޅަށް ރާއްޖޭޏް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މި އަހަރު ބޭއްވި ދެކުނު އޭޝިއާގެ ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނ…

ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްވާތީ މެލޭޝިއާ ރަސްގެފާނުގެ ނުރުހުން

07 Nov 2026, 13:43 މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ޖަލުން ގޭބަންދަށް ބަދަލުކުރުމަށް ދެއްވި އަމުރާ ދެކޮޅު ހެދުމާއި، އެ އަމުރު ތަންފީޒުކުރުން ލަސްކުރުމާ ދެކޮޅަށް މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް އިސްކަންދަރު މިއަދު އިންޒާރު ދެއްވައިފިއެވެ. މެލޭޝިއާގެ ގޮނޑިކޮއިލް (އިސްތާނާ ނެގާރާ) އިން ނެރުނު ބަޔާނެއްގައި ބުނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ނަޖީބަށް ދެއްވާފައިވާ މަޝްރޫތު މާފަކީ ސަރީހަ އަމުރެއް ކަމަށާއި، އެ އަމުރު މާނަކުރުމުގައި އެއްވެސް އޮޅުންބޮޅުމެއް އޮވެގެން ނުވާނެ …

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކާއެކު ދަތުރުކުރާ ޑްރޯންއެއް ދައްކާލައިފި

ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ކޫލްފްލައިން ތައްޔާރުކޮށްފައިވާ މީހަކާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި ދައްކާލައިފިއެވެ. އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން، އީވީޓޯލް އަކީ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދު ދައްކާލާފައި ވަނީ އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރީއާ ބެހޭ ވުޒާރާ އާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދުގައެވެ…

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދޭ މީހަކަށް އެމެރިކާއިން 20 މިލިއަން ޑޮލަރު ދެނީ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދޭ މީހަކަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ދޭން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުށަހަޅައިފި އެވެ. ސެންޓްކޮމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި އިކްއިޕްމެންޓް އަދި ސައިންސްވެރިން ހިމެނޭ ގޮތުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މީހުންންނާ ބެހޭ މައުލޫމާތު ދޭ މީހަކަށް "ރިވާޑް ފޯ ޖަސްޓިސް" އިން 20 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. އެފަދަ މައުލޫމާތު ދޭ މީހަކު ރައްކާތެރިކުރުމުގެ ގޮތުން އެހެން ތަނަކަށް ބ…

ރާއްޖެއިން ހޮންގް ކޮންގް ކޮޅަަށް 7 ލަނޑު، މިއީ ރެކޯޑެއް!

07 Nov 2026, 12:30 ޗައިނާގައި ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ދެވަނަ މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޮންގް ކޮންގް ބަލިކޮށް ދިވެހި ގައުމީ ފުޓްސަލް ޓީމުން ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިއީ ގައުމީ ފުޓްސަލް ޓީމުގެ ތާރީޚުގައި މެޗަކުން މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅުގެ އިތުރުން، މި މުބާރާތުގައި ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ 3-0 އިން ލީޑު ނަގައިފައެވެ. ފުރަތަމަ ލަނޑަކީ ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަ…

ހާލު ކިހިނެއް؟: ފެނާއި ނަރުދަމާ ނެތުމުން އަދި މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުން!

ކ. ތިލަފުށީގައި ފެނާއި ނަރުދަމާ ނެތުމާއި މަގުތަކުގެ ހާލަތު ދަށްވުމުގެ އިތުރުން އަވަސް ފަރުވާ ބޭނުންވެއްޖެ ހާލަތެއްގައި އެ ފަރުވާ ދެވެން ނެތުމުން އެ ރަށުގައި މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ތިލަފުށީގައި މަސައްކަތް ކުރާ ރައްޔިތުން ފާހަގަކޮށްފައި ވަނީ މަގުތަކުގެ ހާލަތު ދަށްވުމެވެ. އެގޮ…

އޮޑިޓް: ހުޅުލޭގެ ބިން ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނަގައި، އެމްއޭސީއެލްގެ ދަރަނި 16.64 ބިލިއަނަށް

07 Nov 2026, 12:44 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭ ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނެގުމުން އެ ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލްގެ މާލީ ހާލަތަށް މިފަދަ ބޮޑު ބަދަލެއް އައިސްފައި ވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތ…

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ނުކެރިގެން އުޅެނީ އޭގައި އޮޅުވާލުމާއި ކޮރަޕްޝަން އަދި ފަސާދަ އެކުލެވިގެންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުން ގާނޫނު ބުނާ ގޮތުން އޭގައި ހުރި ރަނގަޅާއި ގޯސް ދިވެހި ރައްޔިތުންނަށް ސާފުކޮށް ބުނެދޭ…

މެޗު ކުޅެެެދިނުމުން ބްރެޒިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އިންޑިއާ ފެޑެރޭޝަން މާލީ އަނދަވަޅަކަށް

07 Nov 2026, 12:47 އިންޑިއާގައި ބޭއްވި ފޯރިގަދަ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކަށް ފަހު، ބްރެޒިލް އަދި އުރުގުއާއީގެ ގައުމީ ޓީމަށް ދައްކަންޖެހޭ އެޕިއަރެންސް ފީ ނުވަތަ މެޗު ކުޅެދިނުމުގެ ފީ އެއްކޮށް ނުދެއްކި، އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ވަރަށް ބޮޑު މާލީ އަނދަވަޅަކަށް ވެއްޓިއްޖެއެވެ. ކަލްކަތާގައި ކުޅުނު މި މެޗުތަކަށް ފަހު އިންޑިއާގެ ފެޑެރޭޝަނުން ބްރެޒިލްއަށް 19 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 2.02 މިލިއަން ޑޮލަރު) ދައްކަންޖެހޭއިރު، އުރުގުއާއީއަށް 4.7 ކްރޯޑް ރުޕީސް (ގާ…

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

ރަސްމާލޭގައި ރާ ނުވިއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ވަކި ހޮޓާތަކަކަށް ލައިސަންސް ދީގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެއްޖެ އެވެ.އާންމުވެފައިވާ އެ އޯޑިއޯގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރަނީ ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެތަނުގައި ވިޔަފާރިކުރާ ތަންތަނާއި ވަކި އޭރިއާއެއްގައި ހުންނަ ހޮޓާތަކުގައި ބަނގުރާ ވިއްކުމާ ގުޅޭގޮތުން ވާހަކަދައްކަ…

Loading fresh headlines…