Live 359,223 stories Updated Nov 7, 2026
Browse topics All stories

Latest stories

Live feed

ރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ވިއެޓްނާމސށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، މަރްޔަމް މިދްފާ ނަޢީމް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމް އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަނޯއީގައެވެ. އެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކ…

އީރާނަށް އައު ހަމަލާތަކެއް ދިނަސް މަޝްވަރާތަކަށް ދަނީ ކުރިއެރުން ލިބެމުން: ޓްރަމްޕް

ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ރަށެއް ކަމަށްވާ ޤިޝްމްގައި ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި ހަމަލާތައް ދިން ނަމަވެސް، އީރާނާ އެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޤިޝްމްގެ މުހިންމު ސަރަހައްދަކަށް ދެ މިސައިލް ހަމަލާއެއް ވަނީ…

ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ

ހުޅުމާލެ ފޭސް 3ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ، ވިޔަފާރީގެ އުސޫލުން ދޭ މި ހިދުމަތުގެ ދަށުން ހަވާ އަރުވާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.

ކޮލަމާފުށީގައި ވަގުތީ ބޯހިޔާވަހިކަން ދޭނެ ތަނެއް ވެސް ނެތިފައި

07 Nov 2026, 12:25 ގއ. ކޮލަމާފުށީގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތައް ލިބުނު ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭނެ ތަނެއް ވެސް ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއެކު ކޮލަމާފުށީގައި ބޯކޮށް ވާރޭވެހި އެރަށުގެ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބުމުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. ފެން ބޮޑުވުމުގެ އެ ހާދިސާއާ ގުޅިގެން މިއަދު 'ސަން' އިން ސުވާލުކުރު…

ހަނގުރާމާގައި ރަޝިއާގެ ކުރިއެރުންތައް މަޑުޖެހި، ބޮޑެތި ގެއްލުންތަކެއް

ޔޫކްރެއިން ހަނގުރާމައިގެ މައިދާނުގައި ރަޝިއާއަށް ލިބެމުންދިޔަ އަސްކަރީ ކުރިއެރުންތަކަށް މި އަހަރުގެ ތެރޭގައި ބޮޑު މަޑުޖެހުމެއް އައިސްފައިވާ ކަމަށް އަސްކަރީ ދިރާސާތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ވޮޝިންޓަންގެ "އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ" (އައި.އެސް.ޑަބްލިއު) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދިހަ މަސްދުވަހުގެ ތެރޭގައި ރަޝިއާ ސިފައިންނަށް ޔޫކްރެއިނުގެ ސަރަހައްދުން ހިފިފައިވަނީ އެންމެ 117.38 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ފާހަގަކ…

ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަން ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ. އެފްއެސްއެމުން ބުނީ، މި މަޝްރޫއަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓްގައި ތެއޮ ލިބޭނޭމަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ. https://x.com/FuelSuppliesMv/status/2118709151648088480 މީގެ އިތުރުން އެފްއެސްއެމްއިން ބުނީ، މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ތެލު…

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް، މީހެއްގެ ބޯ ފަޅައިގެން ދިޔަ!

ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެ އެވެ. އެ ރަށަށް ނަގޫރޯޅިއަރާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ހާއިރު އެވެ. އަދި ނަގޫރޯޅި އެރީ ރަށުގެ އުތުރު ފަރާތުން ކަމަށާއި ފައިބައިގެން ދިޔައީ ދެކުނު ފަރާތުން ކަމަށް މައުލޫމާތު ލިބެ އެވެ. މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމ…

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. މި ހާދިސާއާއި ގުޅިގެން ޅައިމަގުގެ ކައުންސިލުން މައުލުމާތުދެއްވިގޮތުގައި މި ނަގޫރޯޅިއާއިއެކު ރަށުގެ ބޮޑު ސަރަހައްދަކަށް ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން އެ ސަރަހައްދުގެ 25 އަށް ވުރެ ގިނަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެ މީހާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ. މި ރޯޅި އަރާފައިވާ ކަމަށް…

ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ފެން ބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާނެ: މެޓް

07 Nov 2026, 10:49 ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި މަހުގެ 11ވާ އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.…

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން…

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެތަކަށް ބޮޑެތި ގެއްލުންވެ، މީހަކަށް އަނިޔާވެއްޖެ

07 Nov 2026, 10:55 ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ގެއްލުންވެފައިވާއިރު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ. މެޓް އޮފީހުން ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެ…

އަލް-އިބްރާހީމީ މިސްކިތް ހިސާރުކޮށް، ބަންދުކޮށްފި

ޔަހޫދީންގެ އީދަކާ ގުޅުވައި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލްގައި ހުންނަ އަލް-އިބްރާހީމީ މިސްކިތް ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ބަންދުކޮށްފިއެވެ. ނޮވެންބަރު 6 ވަނަ ދުވަހުގެ ހުކުރު ނަމާދު ވަގުތުން ފެށިގެން ނޮވެންބަރު 7 ވަނަ ދުވަހު ފަލަސްޠީނު ގަޑިން ރޭގަނޑު 10 ޖަހަންދެން ޔަހޫދީ ސިފައިން ވަނީ މިސްކިތުގައި ބަންގި ގޮތުން މަނާކޮށް، މުސްލިމުން އެ ތަނަށް ވަނުން މަނާކޮށްފައެވެ. އަދި، މިސްކިތުގެ ގޯތިތެރެއާއި ނަމާދުކުރާ ބައިތައް ހަމައެކަނި ޔަހޫދީންނަށް ހާއްސަކުރަން ނިންމާ…

Loading fresh headlines…