އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަން ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

އެފްއެސްއެމުން ބުނީ، މި މަޝްރޫއަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓްގައި ތެއޮ ލިބޭނޭމަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ.

މީގެ އިތުރުން އެފްއެސްއެމްއިން ބުނީ، މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

މި މަޝްރޫއުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ގާއިމުކުރުން ކަމަށް ސަރުކާރުން ބުނެއެވެ.