Live 359,223 stories Updated Nov 7, 2026
Browse topics All stories

Latest stories

Live feed

ރަޝިއާގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިނަށް، މަޝްވަރާތައް ޔޫއޭއީގައި ފަށަނީ

ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް ޔޫކްރެއިނަށް، ސުލްހައިގެ މަޝްވަރާތައް ޔޫއޭއީގައި ފެށުމަށް ތައްޔާރުވަނީއެވެ. ޔޫކްރެއިންގެ ވެރިރަށް ކީވްގެ އަސްކަރީ އަދި ސިނާއި ވަސީލަތްތަކަށާއި، ހަކަތައާއި ދަތުރުފަތުރުގެ މުހިންމު އަމާޒުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރު އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ 'ނޮދަން ބްރިޖް' އަށާއި، 'ފްލެމިންގޯ' މ…

މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ ނިޔާވެއްޖެ

ގާތްގަނޑަކަށް 50 އަހަރު ވަންދެން ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި އަދި ގިނަ ބަޔަކަށް މަޝްހޫރު ދިވެހި މުދައްރިސް، މޫސާ އަލީ މިއަދު ނިޔާވެއްޖެ އެވެ. މޫސާ އަލީ ނިޔާވީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށެވެ. މޫސާ އަލީ ވަނީ މެދުކެނޑުމެއްނެތި 49 އަހަރާއި 10 މަހާއި 14 ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ހިދުމަތުން ރިޓަޔާ ކުރެއްވީ 2008 ގައި ގާނޫނަށް ގެނައި ބަދަލަކާ އެކު މޭ 1، 2008 ގަ އެވެ. އުމުރުން އެނ…

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ރާއްޖޭގެ ހުރިހާ ރަށެށްގައި ކީރިތި ޤުރްއާން އުނގަންނަދޭ މަރުކަޒުތައް ޤާއިމުކުރަމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ހުޅުވައިފިއެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާޙުކޮށްދެއްވީ ގަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލ…

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ މައުލޫމާތުދޭ ފަރާތްތަކަށް 20 މިލިޔަން ޑޮލަރު

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިޔަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި، އެ ޕްރޮގްރާމާ ގުޅުންހުރި މަރުކަޒުތަކުގެ އިތުރުން ސައިންސްވެރިންގެ މައުލޫމާތު ހިއްަސާކުރާ ފަރާތްތަކަށް 20 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި، ރައްކާތެރި ސަރަހައްދަކަށް ހިޖުރަކުރުމުގެ ފުރުސަތު ދޭނެކަން އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކޮށްފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން 'އެކްސް' މަންސައިގައި ހާމަކުރި ގޮތު…

7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ރަސްމީކޮށް ހުޅުވައިފި

7 ވަނަ ވޯލްޑް މީޑިއާ ސަމިޓްގެ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބާއްވައިފިއެވެ. މިސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ބައިވެރިވެވަޑައިގަންނަވައެވެ. 7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ކުރިއަށްދަނީ ޗައިނާގެ ބެއިޖިންގައެވެ. ދުނިޔޭގެ 112 ގައުމަކާއި ސަރަހައްދަކުން، މީޑިއާ އިދާރާތަކާއި، ދިރާސާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނޭހެން ގާތްގަނޑަކަށް 330 އިދާރާއަކުން 500 އެއްހާ މަންދޫބުން މިސަމިޓުގައި ބައިވެ…

"އުރީދޫ ފަން ރަން" އަށް ރަޖިސްޓްރީވުމުގެ މުއްދަތު އަންނަ ހަފުތާގެ ހޮނިހިރު ދުވަހަށް އިތުރުކޮށްފި

07 Nov 2026, 15:37 މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. އުރީދޫން ބުނި ގޮތުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި، މަޖާ އޮބްސްޓިކަލްތަކާއި ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމ…

ކ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު!

ކ އަތޮޅުން ފެށިގެން ވ އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 13:20 އިން 16:00 އަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. https://x.com/MetMaldives/status/2118979566471688653 އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ބުނެފައެވ…

މިއީ އަހަރެންގެ ހަތަރުވަނަ ސާފް، މިއީ އަހަރެންގެ ފަހު ސާފަށްވެސް ވުން ގާތް: އުރުބާނީ

07 Nov 2026, 16:21 ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީގެ ކެރިއަރުގައި ފެންނާނެ އެންމެ ފަހު ސާފް މުބާރާތަށް ވުން ގާތް ކަމަށާއި، މުބާރާތަށްފަހު އޭނާ ކޯޗިން މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެން ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއަށް ބޮޑަށް ފޯކަސް ކުރައްވަން ވިސްނަވާކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ. ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައި ދިވެހި މީޑިއާތަކާ ވާހަކަ ދައްކަވަމުން އުމުރުން 58 އަހަރުގެ އުރުބާނީ މިހެން ބުނީ ދި…

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 22:00އާ ހަމައަށެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފ…

މާވަށުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ލ. މާވަށުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. މާވަށް ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤ…

މެންހަޓަން ގްރޭންޑް ހޮޓާ ހުޅުވަން މިރޭ ހަވާއަރުވައި، ބޮޑު ރަސްމިއްޔާތެއް ބާއްވަނީ

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހިންގަން އެސްޓީއޯއިން މީގެ އަހަރުތަކެއް ކުރިން ބިނާކުރި ނުވަބުރީގެ އިމާރާތުގައި ތަރައްގީ ހަދާފައިވާ މެންހަޓަން ގްރޭންޑް ހޮޓާ ރަސްމީކޮށް ހުޅުވަން މިރޭ ހުޅުމާލޭގައި ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުން އޮންނާނެ ކަމަށް އެ ހޮޓަލުން ބުނެފި އެވެ. ހުޅުމާލެ 1 ނިމޭ ހިސާބުން ވެމްކޯ ކައިރީގައި ހަދާފައިވާ މެންހަޓަން ގްރޭންޑުން ބުނީ އެ ހޮޓާ ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ އިތުރުން ބޮނޑިބަތް ކެއުން ވެސް އޮންނާނެ ކަމަށެވެ. މިރޭގެ 10:00 އިން 10:30 އަށް ބާއްވާ އެ ރަސް…

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން 449 މީހަކަށް ވަޒީފާ ދީފައިވަނީ އިއުލާނު ކުރުމެއްނެތި ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް ކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް (އެޗް.އާރު.ޑީ) އިން އިންޓާނަލް އޮޑިޓަށް ފޯރުކޮށްދީފައިވާ މައުލޫމާތުގައިވާ ގޮތުން އޯޑިޓް ކުރެވުނު އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ވަޒީފާއަށް އަލަށް ނެރުނު 817 މުވައްޒަފުންގެ ތެރެއިން 449 މުވައްޒަފުންނަކީ ހެޑްހަންޓް އުސޫލުން ވަޒީފާ ދީފައިވާ މީހުންނ…

Loading fresh headlines…