ރ. ދުވާފަރުގައި
މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި
އެ ރަށުން ދެބެން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި
ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހާޖަރާ މައިސާ ޢަލީއާއި
އެ ރަށަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީއެވެ. މި ދެ މީހުންނަކީ ދެބެންނެވެ.
ފުލުހުން
މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ ހަތަރުވަނަ
ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި
އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޯޓު އަމުރެއްގެ
ދަށުން ހިންގި އެ އޮޕަރޭޝަންގައި ދުވާފަރު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން
ވަނީ ބުނެފަ އެވެ. ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި
65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ
ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން،
ހާޖަރާ މައިސާ ޢަލީ ހަތް ދުވަހަށް އަދި ޢަބްދުﷲ ޢަލީ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން
ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ
ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.