ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފައި ވަނީ، 25,000 ރުފިޔާއިންނެވެ.
އީސީ އިން މިއަދު ބުނީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވާ ކަމަށް އީސީ އިން ހާމަކުރެއެވެ.
އެހެންނަމަވެސް، އެ ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށްވެސް އީސީން ފާހަގަކޮށްފައިވެއެވެ.