ރަހީނުކުރި ކުއްޖާ ހޯދައިފި
ރަހީނުކުރި ކުއްޖާ ހޯދައިފި

ފުލުހުން ދެންމެ ބުނީ، ހުޅުމާލެ އިން 13 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 12:50 ހާއިރު ލިބުނު ކަމަށް. މިއަދު ހެނދުނު 6:17 ގައި އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ނުދޭ. ހަމައެކަނި ބުނީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް.

މާލޭގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކު ރޭ ރަހީނުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރަހީނުކުރީ، އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެންނެވެ. އެ ކުއްޖާ ގެންދިޔަ ކަމަށް ވަނީ ރޭގެ 10 ޖަހާކަންހާއިރު ކަމަށް ވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.