އަރަބިއްޔާއަށް ހައްލު ހޯދަން މަޝްވަރާކޮށްފި، ހުސްކުރަން ވެސްް ޖެހިދާނެ!
އަރަބިއްޔާއަށް ހައްލު ހޯދަން މަޝްވަރާކޮށްފި، ހުސްކުރަން ވެސްް ޖެހިދާނެ!

އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލައި، ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ މި ވަގުތަށް ހުރި ހައްލުތަކާ ބެހޭ ގޮތުން އެ ސްކޫލްގެ ޕީޓީއޭގެ އިސް ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ މަޝްވަރާކުރައްވައިިފި އެވެ.

އަރަބިއްޔާއަށް ހައްލު ހޯދަން މަޝްވަރާކޮށްފި، ހުސްކުރަން ވެސްް ޖެހިދާނެ!
އަރަބިއްޔާއަށް ހައްލު ހޯދަން މަޝްވަރާކޮށްފި، ހުސްކުރަން ވެސްް ޖެހިދާނެ!

އެޑިއުކޭޝަން މިނިސްޓްރީގައި، އަރަބިއްޔާ ޕީޓީއޭގެ އެކްސްކޯ މެމްބަރުންނާ އެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގެ މައުލޫމާތު އެނގޭ ބެލެނިވެރިއަކު ބުނި ގޮތުގައި އެ ސްކޫލް ހުސްކުރަން ޖެހިދާނެ ހާލަތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އޭނާ ބުނީ އެ ހާލަތުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސުން ނުވަތަ އިއްޒުއްދީން ސްްކޫލަށް އަރަބިއްޔާގެ ކިޔަވައިދިނުން ބަދަލުކުރާނެ ކަަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެއީ މެންދުރު ފަހު ކިޔަވައިދޭ ގޮތަށެވެ.

އިއްޒުއްދީން ސްކޫލަކީ މިހާރު އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލަކަށް ވާތީ މެންދުރު ފަހު، އެ ސްކޫލްގައި ކިޔެވުމެއް ނޯވެ އެވެ. އެގޮތަށް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުވި ނަމަވެސް މިހާރު ހުރި އިމާރާތް، މަރާމާތުކުރުމަށް ފަހު އަލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ބެލެނިވެރިން މިނިސްޓަރުގެ ފަރާތުން ހޯދި އެވެ.

އެއީ ބެލެވޭ ގޮތުގައި އަރަބިއްޔާ ސްކޫލްގެ އެންމެ ފުރަތަމަ އިމާރާތް ބާވެގެން، އޭރު ބަދަލުވި އިރު ކަންހިނގި ގޮތަށް ބަލައި ހޯދި ޔަގީން ކަމެކެވެ. އެފަހަރު އަރަބިއްޔާގެ ދަރިވަރުން އެހެން ތަނަަކަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ފަހު، ސްކޫލް ހުރި ބިން ނެގީ ފްލެޓް އެޅުމަށެވެ. އޭރު ހުރި ސްކޫލަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިހާރުގެ އިމާރާތް އަޅާނެ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް ބެލެނިވެރިންނާއި އާއްމުން އޭރު އެކަމާ އިހުތިޖާޖު ވެސް ކުރި އެވެ.

އިއްޔެގެ ބައްދަލުވުމަކީ، އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު އައިޝަތު އަލީ ދެއްކެވި ވާހަަކައާ ގުޅިގެން ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ބޭއްވި ބައްދަލުވުމެކެވެ. އެހެންވެ، މިނިސްޓަރު ދެއްކެވި ވާހަކަ ބެލެނިވެރިންނަށް ސާފުކޮށްދެއްވި އެވެ.

ދަރިވަރުންނަށް ނުރައްކަލެއް ނެތް ކަމަށް އިއްޔެ ވިދާޅުވީ މިހާތަނަށް ހަދާފައިވާ އެސެސްމެންޓަށް ބިނާކޮށް ކަމަށާއި، ފުރިހަމަ އެސެސްމެންޓެއް ހަދަން މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަަމަށް މިނިސްޓަރާ ހަވާލާދީ މައުލޫމާތު ދިން ބެލެނިވެރިޔާ ބުންޏެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ހުޅުވި އަރަބިއްޔާ ސްކޫލު އިމާރާތުގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކަމަށެވެ.