12 ޑިސެމްބަރ 2016 - 06:16

ދާދި ފަހުން ކެޓްރީނާ ރާއްޖެ އައިސް ނެގި ފޮޓޯތައް "ބާޒާރު ބްރައިޑް"ގެ ޖެނުއަރީ މަހު އަދަދުގައި ބޭނުންކުރާ އިރު އެ މަޖައްލާގެ ބޭރުގަނޑު ވަރަށް ހިތްގައިމެވެ.

ފިލްމީ ތަރިންގެ ހެދުންތައް ޑިޒައިންކޮށްދޭ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އިންސްޓަގްރާމް ކުރި ބޭރުގަނޑުގައި ބޭނުންކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ކެޓްރީނާ ނަގާފައިވާ ރީތި ފޮޓޯއެކެވެ.
އެ ފޮޓޯ ފެނިފައި އިންޑިއާގެ ވަރަށް ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ. އެހާވެސް އެ ކަވަރު ރީތި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ފޮޓޯގައި ކެޓުރީނާގެ ރީތިކަން ލަފުޒުތަކަކުން ބަޔާނެއް ނުކުރެވޭނެ އެވެ.
އާ އަހަރާ އެކު ނުކުންނަ މި މަޖައްލާގައިވާ ކެޓުރީނާގެ ހުރިހާ ފޮޓޯތަކެއް ވެސް ނެތީ މަނީޝްގެ އިރުޝާދުގެ ދަށުން އޭނާ ތައްޔާރުކުރި ހެދުންތަކެއް ލައިގެންނެވެ.
ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަން ކެޓުރީނާ އާއި މަނީޝް ގުޅިގެން ދައްކައިދިން ގޮތުން މިހާރު ވެސް ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ.