އެމްފައިސާ މެދުވެރިކޮށް ދައްކާ ފައިސާގެ 10 ޕަސެންޓު އަނބުރާ ލިބޭ ޕްރޮމޯޝަނެއް
އެމްފައިސާ މެދުވެރިކޮށް ދައްކާ ފައިސާގެ 10 ޕަސެންޓު އަނބުރާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން 10 ޕަސެންޓު އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން 10 ޕަސެންޓް އަނބުރާ ލިބޭނީ އެމްފައިސާ ބޭނުންކުރާ ބައެއް ރެސްޓޯރެންޓުތަކާއި ފިހާރަތަކުންނެވެ. އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ.

- ސެމިލީސް

- ދަ ޑައިނާސް ކްލަބް

- ދަ ގްރޯވް

- ރެޑްވޭވް

- ވީބީ މާޓް

- ޑަބްލިއުއެޗްއައިއެމް

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ރެސްޓޮރެންޓުތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ބިލުތައް ވެސް ދެއްކޭނެ އެވެ. ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައިބީ ކަސްޓަމަރުންނަށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްސްޓްރީ ކުރެވޭނެ އެވެ. މިއީ އުރީދޫގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭ ހިދުމަތެކެވެ.