17 ޑިސެމްބަރ 2021 - 10:47

މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލަފައިވާ ކަމުގެ ރިޕޯޓް 8:20 ހާއިރު ލިބިފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
ހަމަލާދިން ސަރަހައްދުގެ ބައެއް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި ގެއެއްގެ ދޮރުމަތިން ހިޔާކޮށްފައި އޮތް ތަނެއްގެ ތެރޭ އޮތީ ހަމަލާގައި ޒަހަމްވި މީހާގެ ލެއިން ކޯރު ހެދިފަ އެވެ. އެ ގޭގެ ފާރުގައި ވެސް ލޭ ހޭކިފައި ހުރިއިރު މަގުމަތީގެ އެކި ތަންތަނުން ވެސް ލޭގެ އަސަރު ފެންނަން އެބަ ހުއްޓެވެ.
ލޭގެ ކޯރު އޮތް ގޮތުން، ހަމަލާގައި ވަރަށް ބޮޑު ޒަހަމްތަކެއް ވެފައިވާ ކަމަށް ބެލެވެ އެވެ. ނަމަވެސް ހޮސްޕިޓަލުން އެ މީހާގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން ގެނައި އެމީހާއަށް ޑޮކްޓަރުން އެޑެންޓުވަމުން އަންނަ ކަމަށާއި އޭނާގެ ހާލު ބުނެދޭން އަދި އަވަސް ކަމަށެވެ.
ޒުވާނާއަށް ހަމަލާދިން ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އެބަ ދެ އެވެ.