29 ޑިސެމްބަރ 2021 - 10:53

އދ. މާފުށިވަރު ރިސޯޓުގެ މަސައްކަތެއް އީއައިއޭ އާ ހިލާފަށް ކޮށްފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
މާފުށިވަރު ރިސޯޓް ހިންގާ ޕެރަޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޖޫރިމަނާކުރީ 402،500ރ. އިންނެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާފުށިވަރުގައި ރިސޯޓް ތަރައްގީކުރުމުގެ މަސަކަތް ކުރީ އެ މަޝްރޫއު އަށް ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެ މަޝްރޫއުއަށް ދޫކުރި ހުއްދައާ ވެސް ހިލާފަށް ކަމަށެވެ.
އެ މަޝްރޫއު ހިންގި ކުންފުނި އިއްޔެ ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ދަށުންނެވެ.
ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކަންޖެހޭނެ އެވެ.