16 ޑިސެމްބަރ 2016 - 06:53

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ނިސްބަތްވާ މަހުޖަނެއް ކަމަށްވާ އާނަންދު އަހުޖާ އާއި ސޯނަމް ކަޕޫރުގެ ކައިވެނި އަންނަ އަހަރު ކުރުން ވަރަށް ކައިރި ކަމަށް އެ ގައުުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
ސޯނަމްގެ ކައިވެނީގެ ވާހަކަ މީޑިއާގައި މި ފެތުރުނީ އޭނާގެ ފިލްމީ ފިލްމީ ކެރިއަރުގައި ބޮޑު ކާމިޔާބީތަކެއް ލިބެމުން އަންނަ ދުވަސްވަރެއްގަ އެވެ. ބޮކްސް އޮފީހުގައި "ނީރްޖާ" އަށް ލިބުނު ކާމިޔާބީގެ އިތުރުން އެ ފިލްމުން ވަރަށް ގިނަ އެވޯޑުތަކަށް ވެސް ސޯނަމް އަންނަނީ ނޮމިނޭޓް ވަމުންނެވެ.
އާނަންދުއާ އެކު ބޭރު ތެރެއިން ސޯނަމް ފެނުން މިހާރު ގިނަ އެވެ. އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެންމެ ފަހުން ވެސް ސޯނަމް ބުނީ "ޒާތީ ދިރިއުޅުން ޒާތީ ކަމެއްގެ ގޮތުގައި ބޭއްވުމަށް އެދޭ" ކަމަށެވެ.
ސޯނަމްގެ ކޮއްކޮ ރެއާ ކަޕޫރު ދާދި ފަހުން އިންސްޓަގްރާމްކުރި އާއިލާގެ ފޮޓޯއެއްގައި އާނަންދު، ސޯނަމްގެ ފަހަތުގައި، ހުއްޓެވެ. އޭގެ ފަހުން ވެސް ބައެއް ތަންތަނުން މި ދެ މީހުން އެކުގައި ފެނި ނޫސްވެރިން ފޮޓޯ ނަގާފައިވެ އެވެ.