ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ

އދ. މާންދޫ ކައިރި ފަރަކަށް އިއްޔެ ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ

އެ މީހާ ގެއްލުނުކަން އެމްއެންޑީއެފަށް ރިޕޯޓްކުރީ އިއްޔެ މެންދުރު ފަހު އެވެ. ގެއްލިގެން ހޯދަމުން އަންނަނީ 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

"ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައި އޭނާއާ އެކު އިތުރު ޓޫރިސްޓުންތަކެއް ވެސް އިއްޔެ ޑައިވިނަށް ދިޔަ އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ވެސް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ސާފޭސް ސާޗްގެ އިތުރުން، ޑައިވްކޮށްގެން، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން. މި މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުން ދޭ. އަދި މިއަދު ވައިގެމަގުން ވެސް ސާޗް ކުރިއަށް ދާނެ،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މީހާ ގެއްލުނު ހިސާބު މަތިން ދަތުރުކުރާ ސީޕްލޭންތަކުން ވެސް، މީހާ ފެނޭތޯ ބަލަމުން ގެންދާ ކަމަށެވެ.