ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!
ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!

ނާޕޭލާގް ވެރިރަށް ކަތުމަންޑޫ ގަދަ ފިނީގައި ރާއްޖެ އިން ނޭޕާލާ ދެކޮޅަށް ކުޅެމުން ދަނިކޮށް ދިވެހި ޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ)، ނޭވާލާން އުނދަގޫވެ ދަނޑުމައްޗަށް ވެއްޓުނެވެ. ދަނޑުގައި ފަރުވާދީގެން ވެސް އޭނާ އާންމު ހާލަތަކަށް ނުގެނެވުނެވެ. ދެ ޓީމުގެ ކުޅުންތެރިންގެ އެހީތެރިކަމާ އެކު އެމްބިއުލާންސަށް އަރުވައިގެން އޭނާ ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ.

ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!
ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!

އެ މެޗަކީ ހޮކޭގެ ފުޓްބޯޅަ ކެރިއާގެ އެންމެ ހާއްސަ މެޗުގެ ގޮތުގައި އޭނާ ފާހަގަ ކުރާ މެޗެވެ. އެ މެޗުގައި ދަނޑު މައްޗަށް ވެއްޓި އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނަސް، އޭގެ ކުރިން އޭނާ ވަނީ މެޗުގެ ހަމައެކަނި ލަނޑު ރާއްޖެ އަށް ކާމިޔާބު ކޮށްދީފަ އެވެ. އެ ލަނޑުވީ މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް މުހިންމު ތިން ޕޮއިންޓް ހޯދައިދިން ލަނޑަށެވެ.

ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!
ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!

"ހޮސްޕިޓަލްގައި ބާއްވައިގެން ޓެސްޓްތައް ހައްދާފައި އެ ދުވަހު ވެސް ޑޮކްޓަރު ބުނި ފުޓްބޯޅަ ކުޅުން އެހާ ރަނގަޅެއް ނޫނޭ،" އުމުރުން 36 އަހަރުގައި މި މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ހޮކޭ، ނޭޕާލްގައި 2012 ގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި އެނާ އަށް ކުރިމަތިވި ހާދިސާއާ ބެހޭ ގޮތުން ކިޔައިދިނެވެ.

ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!
ފުޓުބޯޅަ އާ ދުރަށް، ވޭނުގައި ވެސް ހޯދީ ކާމިޔާބު!

"އަޅުގަނޑަކީ ބޯން އެސްތުމާ ހުންނަ މީހެއް. ބައްޕަމެން ވަރަށް ދުވަސް ވެއްޖެ ކިޔާތަން ކުޅުން ހުއްޓާލަން. އެކަމަކު ވެސް ފުޓްބޯޅަ ކުޅުމާ ދުރަށް ދާން އުނދަގޫ ވެފަ ހުރީމަ ވަރަށް ހިތްވަރުކޮށްގެން މިހާހިސާބަށް ވެސް ގެންދެވުނީ."

ގިނަ މެޗުތަކުގައި ހޮކޭ އަށް ފަރުވާން ދޭން ޖެހެ އެވެ. އޭނާ ބުނީ ގިނަ ފަހަރު ފަރުވާ އަށް އެހީތެރިޔަކު އަރަނީ ނުވަތަ އޭނާ ފަރުވާ އަށް ދަނޑު ފައިބަނީ ކޮންމެހެން ތަނަކަށް ތަދުވެގެން ނޫން ކަމަށެވެ.

"ކޮންމެ މެޗެއްގައި ވެސް ވިސްނޭ ކޮންމެ ވަގުތަކު ވެސް ފަރުވާ އަށް އެދެން ޖެހިދާނެޔޭ. ބައެއް ފަހަރު ހިތަށް އަރާ ދަނޑުމައްޗަށް ވެއްޓިދާނެޔޭ. އަޅުގަނޑަށް ވެއްޖިއްޔާ ފަސްޓްއެއިޑް ވެސް ދަނޑަށް އަރާނީ އިންހޭލާ ފުޅި ހިފައިގެން. ބައެއް ފަހަރު ހުންނާނެ އަމިއްލަ އަށް ވެސް ބެންޗު ކައިރި އަށް ގޮސް އިންހޭލާ ނަގައިފައި،" އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ޔަމަނާ ދެކޮޅަށް ގައުމީ ޓީމު މާލޭގައި ކުޅުނު މެޗުގައި ވެސް، ނޭވާ ލާން ދަތިވެ އެމްބިއުލާންސްގައި އޭޑީކޭ އަށް ގެންގޮސް ފަރުވާ ހޯދި ހޮކޭ ބުންޏެވެ.

ގަލޮޅު ދަނޑުގައި ކުޅެ ގައުމީ ޓީމަށް ކުޅުމަކީ އޭނާ ވަރަށް ކުޑައިރުން ފެށިގެން އުންމީދު ކުރި ކަމެކެވެ. ބަލި މަޑުކަމާއެކު ވެސް ހިތްވަރުކޮށްފައި ކުޅުމުގެ ތެރޭގައި ދެމިހުރީ އެހެންވެ ކަމަށް ވާތު ބެކަށް ކުޅުނު ޑިފެންޑަރު ބުންޏެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2009 ގައި ކެރިއާ ފަށައި އޭނާ އެ އަހަރު އެ ކްލަބަށް ކުޅުނީ އެންމެ މެޗެކެވެ. ދެން ޖެހިގެން އައި އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ގުޅެން ފުރުސަތު ލިބުނު ހިސާބަކީ އޭނާގެ ކެރިއާގެ ޓާނިން ޕޮއިންޓް ކަމަށް ހޮކޭ ބުންޏެވެ.

"އެ ވަގުތު މާލޭގައި އުޅެން ޖެހުނު ގޮތުން ވަރަށް ހާލުގައި އުޅުނީ. އަތުގައި ވެސް އެއްވެސް ރުފިޔާއެއް ވެސް ނެތް. އެކަހަލަ ވަގުތެއްގައި އަޅުގަނޑުގެ އަތުގައި ހިފީ ސުޒޭން ކޯޗް [އަލީ ސުޒޭން]. ކޯޗް ބުނި ތިމަންނަ ބޭނުމޭ ވިކްޓަރީ އަށް ގެންނަން،" ހޮކޭ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި މާބޮޑު ތަޖުރިބާއެއް ނެތުމުން އޭނާ އަށް ވެސް ފުރަތަމަ ޖެހުނީ އެ އަހަރު ވިކްޓަރީގެ ޓްރެއަލް އަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ޓްރޭނިން އަށް ނުކުންނާށެވެ. އޭނާ ބުނިގޮތުގައި ވިކްޓަރީގެ ޓްރެއަލްގައި 40 ޒުވާން ކުދިން ބައިވެރިވި އެވެ. އެކަމަކު ގިނަ ކުދިން ވިކްޓަރީގެ ތެރެއަށް ނުވަދެވުނެވެ.

"ސުޒޭނަކީ ވަރަށް ހާޑްކޮށް [ބުރަކޮށް] ޓްރޭން ކުރުވާ ކޯޗެއް. އަލަށް އަންނަ ކުޅުންތެރިޔާ ވެސް ގާނާލާނެ. ދެތިން ދުވަހު ގޮސްފައި ބައެއް ކުޅުންތެރިންނަކަށް ހިފަހައްޓައެއް ނުލެވުނު. ހާޑް ކަމުން ޓްރެއަލް ދޫކޮށްލީ. އޭރު ވެސް އަޅުގަނޑު ހިތަށް އެރި ކިތަންމެ ހާޑް ވިޔަސް ހިފަހައްޓާލެވޭތޯ ބަލާނަމޭ،" އޭނާ ބުންޏެވެ.

ޓްރެއަލްގެ ތެރެއިން ވިކްޓަރީގެ ސްކޮޑަށް ލައްވާލި މަދު އަދަދެއްގެ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ހޮކޭ ވިކްޓަރީ އަށް ކުޅެން ފެށި އެވެ. އާންމުންގެ ލޯތަކަށް އޭނާ ފާހަގަވެ ގައުމީ ޓީމުން ފުރުސަތު ލިބެން ފެށީ ވިކްޓަރީގައި ދެއްކި ކުޅުމާ އެކު އެވެ.

ހޮކޭ ބުނިގޮތުގައި އޭނާ އަކީ ބަލި މީހެއްކަން ވިސްނައި ނުދީ ފުޓްބޯޅައިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދިން އެކަކީ ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަދި ފަހުން އެފްއޭއެމްގެ ގައުމީ ޓީމުތަކުގެ ކޮމިޓީގެ ޗެއާމަންކަން ވެސް ކުރި އަލީ ނާޝިދު (އޮގަރު އައްޔަ) އެވެެ.

"އައްޔަ އަކީ އަބަދު ވެސް އަޅުގަނޑަށް ވަރަށް ސަޕޯޓިވް މީހެއް. ވަރަށް ހިތްވަރު ދޭނެ،" ހޮކޭ ބުންޏެވެ.

"އަހަންނަކީ ބަލި މީހެއް ކަމުގެ އިހްސާސެއް ވިޔަކަ ނުދޭ."

ގައުމީ ޓީމުގައި ހޮކޭ ގިނަ މެޗުތަކެއް ކުޅުނު އިރު އެސިސްޓެންޓް ކޯޗަކަށް ހުރީ، ސުޕަ ޔުނައިޓެޑްގެ މިހާރު ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. ހޮކޭ ބުނީ ގައުމީ ޓީމުގައި ކުރިއަށް ދިއުމުގައި އިންމަ އެސިސްޓެންޓް ކޯޗަކަށް ހުރުމަކީ އޭނާ އަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަޅުގަނޑަކީ ބަލި މީހެއްކަން އެނގިގެން ވަރަށް ރެސްޓް ދީގެން ކުޅުވި ކޯޗެއް އިންމަ ކޯޗް އެއީ،" ގްރާންޑޭ ސްޕޯޓްސް ކަލްބަށް އިންމަގެ ކޯޗުކަމުގެ ދަށުން ކުޅުނު ހޮކޭ ބުންޏެވެ.

ވިކްޓަރީގެ އިތުރުން ވެލެންސިއާ އަދި ނިއު ރޭޑިއަންޓް އަދި މާޒިޔާ އަށް ވެސް ކުޅުނު މުހައްމަދު ބުނީ ހީކުރި ވަރަށް ވުރެ އަވަހަށް ފުޓްބޯޅަ ކުޅުން ހުއްޓަލަން ޖެހުނަސް ރާއްޖޭގެ އެންމެ ބޮޑެތި ކްލަބްތަކާއި ގައުމީ ޓީމުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

"ކެރިއާ މެދު ރިގްރެޓެއް ކުރާނެ އެއްވެސް ކަމެއް ނެތް. އަޅުގަނޑުގެ ޑްރީމް ހާސިލު ކުރެވުނު،" އޭއެފްސީ ޗެލެންޖް ކަޕްގައި 2014 ގައި ބްރޯންޒް މެޑަލް ހޯދި ޓީމުގައި ކުޅުނު ހޮކޭ ބުންޏެވެ.

"ކާމިޔާބު ހޯދުނު. ލަނޑު ޖަހަން އެސިސްޓް ކުރެވުނު. ތަށި ހޯދިން ގައުމީ ޓީމާއެކު. އިންޓަނޭޝަނަލް މެޑަލް ހޯދިން. އެހެންވެ މިހާހިސާބުން ވެސް ކުޅުން ހުއްޓާލަން ޖެހޭއިރު ވެސް ހިތްހަމަޖެހުމެއް އިނދޭ ކަމެއް ހާސިލު ކުރެވުނު ކަމުގެ ހިތްހަމަޖެހުން."