24 ޖެނުއަރީ 2022 - 13:25

ރާއްޖޭގައި އިލެކްޓްރޯނިކް އެކި ސާމާނު ވިއްކަމުން އަންނަ ލިންކް ސާވުން "އެމްއެސްއައި" ބްރޭންޑްގެ ލެޕްޓޮޕުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ފަށައިފި އެވެ.
ލިންކް ސާވުން ބުނީ ސްޓޮކް ހުސް ވަންދެން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެމްއެސްއައި އަކީ ދުނިޔޭގެ ލީޑިން ލެޕްޓޮޕް ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ. މިއީ ގޭމަރުންނާއި އައިޓީ ދާއިރާގެ މީހުންގެ މެދުގައި ވަރަށް މަގްބޫލު ބްރޭންޑެކެވެ. އެ ބްރޭންޑުގެ ދަށުން ލެޕްޓޮޕްގެ އިތުރުން ތަފާތު ގެޖެޓު ވެސް އުފައްދަ އެވެ.
ލިންކްސާވަކީ މިހާރު އެމްއެސްއައި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެހެންވެ، ރާއްޖެއިން އެންމެ ހެޔޮ އަގުގައި މި ބްރޭންޑްގެ ލެޕްޓޮޕް ލިބެނީ އެ ފިހާރައިންނެވެ.
އެފިހާރައިން އެމްއެސްއައި އޮފީސް ލެޕްޓޮޕުގެ އިތުރުން ކޮންޓެންޓް ކްރިއޭޓަރުންނާއި ޑިޒައިނަރުންނާއި ގޭމަރުންނަށް ހާއްސަ ލެޕްޓޮޕް ވެސް ލިބޭނެ އެވެ. އެ ޝޯރޫމުން މި ބްރޭންޑުގެ ލެޕްޓޮޕް ގަތުމުން އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ.
ލިންކްސާވް ޝޯރޫމް ހުންނާނީ ލޮނުޒިޔާރަތްމަގު ވީބީ މާޓް ކައިރީގަ އެވެ.