ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ
ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ

ވޮޝިންޓަން (ޑިސެމްބަރު 17) - ހަލަބު ސިޓީގައި ހިންގަމުންދިޔަ އަނިޔާވެރި ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ ސަރުކާރާއި ރަޝިޔާ އަދި އީރާނުން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ
ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ

އަހަރުގެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ހަލަބުގައި ސީރިއާ އާއި ރަޝިޔާ އަދި އީރާނުން ހިންގާ ރަހުމްކުޑަ އަމަލުތަކާ ދެކޮޅަށް ދުނިޔެ އެކަތިގަނޑަށްވެފައިވާ ކަމަށެވެ. އަދި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ
ހަލަބުގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ، ރަޝިޔާ: އޮބާމާ

ހަލަބުގެ މިއަދުގެ ހާލަތަށް އެމެރިކާ އިން ވެސް ޒިންމާވާން ޖެހޭ ކަމަށް އޮބާމާ ވިދާޅުވި އެވެ. ނަމަވެސް ހަލަބުގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާ އިން ކުރެވެން ހުރި މަސައްކަތްތައް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވެސް ވަނީ ހަލަބުގެ އަނެއް ނަމަކީ "ނަރަކަ" ކަމަށް ސިފަ ކުރައްވައިފަ އެވެ. އަދި ހަލަބުގައި ހާލުގައި ޖެހިފައިވާ މީހުން ނެރުމުގެ ރައްކާތެރި މަގެއް ފަހިކޮށް ދިނުމަށް އދ. އިން ވަނީ ގޮވާލައިފަ އެވެ.

ހަލަބުގައި ތިބި ހަނގުރާމަވެރިންނާއި އާއްމު ނެރުމުގެ މަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުން ދަނިކޮށް އެ މަސައްކަތް އިއްޔެ މެންދުރު ފަހު ވަނީ ކުއްލިއަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މަސައްކަތް ހުއްޓާލި އިރު ހަލަބުން 8،500 މީހުން ނުކުމެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމަވެރިންގެ 3،000 މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި 2،700 ކުޑަ ކުދިން ވެސް ހަލަބުން ނެރުނު މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ.