ހިޔާ ފްލެޓްތައް ކައިރީގައި ޓިއުޝަން ކްލާހަކާއި ގްރުއާން ކްލާހެއް ހިންގާނެ ބަޔަކު ހޯދަނީ
ހިޔާ ފްލެޓްތައް ކައިރީގައި ޓިއުޝަން ކްލާހަކާއި ގްރުއާން ކްލާހެއް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި ގުރުއާން ކްލާހަކާއި ޓިއުޝަން ކްލާހެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން ހުޅުވާލައިފި އެވެ.

އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓެއްގެ ކޮމާޝަލް އޭރިއާގައި ގުރުއާން ކްލާހަކާއި ޓިއުޝަން ކްލާހެއް ހިންގުމުގެ ޝައުގުވެރިކަން ހުރި މީހުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީއަކީ 5،000ރ. ނުވަތަ އެ އަގަށްވާ ޑޮލަރެވެ.

ގުރުއާން ކްލާހާއި ޓިއުޝަން ކްލާސް އެ ތަނުގައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ދީފައިވާ ފަހު ތާރީހަކީ މި މަހުގެ 10 އެކެވެ. އެޗްޑީސީގެ ސޭލްސް އިން އީމެއިލް މެދުވެރިކޮށް، އެ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް، ޕްރޮޕޯސަލް ހުށަހަޅަން ފެށޭނީ މި މަހުގެ 14 އިން 22 އަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1 އާ ހަމައަށެވެ. އަދި އެޗްޑީސީ އަށް ގޮސްގެން ޕްރޮޕޯސަލް ހުށަހަޅާ ނަމަ އެ ފުރުސަތު އޮތީ 22 ވަނަ ދުވަހުގެ މެންދުރު 1 އިން 2 އަކަށެވެ.

އެޗްޑީސީން ބުނިގޮތުގައި، ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 22 ވަނަ ދުވަހުގެ މެންދުރު ދޭއް ޖަހާއިރު އެވެ.

އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު، އެ ތަނުގައި ގުރުއާން ކްލާހާއި ޓިއުޝަން ކްލާސްތައް ނެތުމުގެ ޝަކުވާ ބެލެނިވެރިން ކުރެ އެވެ. ްުރަނއެ މީހުން ބުނާގޮތުގައި ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކުރި ފަހުން އެ މީހުންގެ ކުދިން ޓިއުޝަންތަކަށް ފޮނުވުން ވެސް ވަނީ ހުއްޓިފަ އެވެ.