ގަލޮޅުން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ
ގަލޮޅުން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު މެންްދުރު 2:00 އިން ހަވީރު 4:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކަރަންޓު ކެނޑޭނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްގެ ސަބަބުން ކަމަށެވެ. ކަރަންޓް ކެނޑޭނީ ގަލޮޅު، ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން ކަމަަށް އެ ކުންފުނިން ބުންޏެވެ.

ދެ ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ވީހާ ވެސް އަވަހަށް މަސައްކަތް ނިންމައި ކަރަންޓުދޭން މަސައްލަތް ކުރާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.