މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް
މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް

މި އަހަރު ފެނިގެންދާނެ ފެޝަން ޓްރެންޑްތަކާ ބެހޭގޮތުން ގިނަ ފެޝަން މަޖައްލާތަކުގައި ބޮޑެތި ބަހުސްތައް ދަނީ ކުރަމުންނެވެ. ނަމަވެސް، ގިނައިން ދެކެވިފައިވަނީ އަންހެނުންގެ ސްޓައިލާ ބެހޭގޮތުންނެވެ. ފިރިހެނުންގެ ހެދުމާއި އެކްސެސަރީޒްގެ ވާހަކަ ދެކެވެނީ އާއްމުކޮށް ވަރަށް ލުއި ގޮތަކަށެވެ. ނަމަވެސް ފެޝަން ދާއިރާގެ މާހިރުން ބުނާ ގޮތުގައި މި އަހަރު ފިރިހެނުންގެ ސްޓައިލަށް އިތުރު މުހިއްމުކަމެއް ދެވޭނެ އެވެ.

މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް
މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް

ފިރިހެނުންގެ ސްޓައިލް އޭގެ ގޮތުގައި ވަރަށް ހާއްސަ އެވެ. އެގޮތުން އާ ޓްރެންޑުތަކަށް ތަބާނުވެ، ވަކި ގޮތަކަށް ރީތިކޮށް ހެދުން ސްޓައިލް ކުރުމަށް އަހައްމިއްޔަތުކަން ދިނުމަކީ ފިރިހެނުންގެ ސްޓައިލް ފުރިހަމަވާ އެއް ސިފަ އެވެ. އެގޮތުން މިއަހަރު ފިރިހެނުންގެ ހެދުމާއި އެކްސެސަރީޒްތަކުގެ ތެރެއިން ފެންނާނެ ވައްތަރުތަކާއި ސްޓައިލް ކުރާއިރު ސަމާލުވާން ޖެހޭ ކަންތައްތަކަށް ބަލައިލަން ހިނގާށެވެ.

މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް
މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް

ކޮށްޕި ބޫޓު ސްޓައިލް ނުވަތަ ލޯފާޒް އަކީ ކްލެސިކް ބޫޓެކެވެ. އެގޮތުން މިފަހުގެ ގޮތަކީ ކްލެސިކް ސްޓައިލްތައް ޒަމާނީ ވައްޓަފާޅިއަކަށް ގުޅުވާލައިގެން ލުމެެވެ. ލޯފާޒް އަކީ ރާއްޖެ ކަހަލަ ހޫނު ގައުމަކަށް އެކަށީގެންވާ ވައްތަރެކެވެ. ރަސްމީ މުނާސަބަތަކަށް އިސްޓާކީނަކާ އެކު އަރާލެވިދާނެ އެވެ. ނޫނީ ކެޝުއަލް ހަފުލާއަކަށް ޓްވިލް ސޯޓަކާ އެކު ލޯފާޒް ގުޅުވާލެވިދާނެ އެވެ. މުށި ކުލައިގެ ޝޭޑު އަދި އެކި މެޓީރިއަލް (ސުއެޑް ފަދަ) ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ލޯފާޒް އެކި މުނާސަބަތުތަކަށް ނަލަ ވާނެ އެވެ.

މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް
މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް

އެކްސެސަރީޒަކީ ބޫޓު، ދަބަސް އަދި ބެލްޓު ފަދަ އެއްޗިއްސެވެ. ފަހަކަށްއައިސް ބެލްޓާއި ބޫޓު ގުޅުވާލަނީ ގަދަ ކުލައަކުން ނުވަތަ ކަޅު ކުލައިންނެވެ. މިއަހަރު މި ވައްޓަފާޅި ބަދަލު ކޮށްލަން އެކި ފެޝަން މާހިރުން ބުނެފައިވެ އެވެ. ނަމަވެސް، އެއީ އާދަޔާ ހިލާފު ގަދަ ކުލައެއް ނުވަތަ ޑިޒައިނެއްގެ އެކްސެސަރީއެއް ގުޅުވާލުމެއް ނޫނެެވެ. އެގޮތުން ނިއުޓްރަލް ކުލައެއްގެ (ކަޅު، އަޅި ފަދަ ކުލަތައް) ގަމީހަކާއި ފަޓުލޫނަކާ އެކު މަޑު މުށި ކުލައިގެ ބެލްޓެއް ގުޅުވާލާށެވެ. މިއީ އާދަވެގެން ލައި ސްޓައިލަށް ކުޑަ، އެހެނަސް ތަފާތު ގޮތެއް ގެންނަން ކޮށްލެވޭނެ ކަމެކެވެ.

މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް
މި އަހަރަށް ފިރިހެނުންނަށް ހާއްސަ ސްޓައިލްތައް

ރާއްޖޭގައި، ފިރިހެނުން ގަޔަށް ބާރު މާޖެހި ގަމީހާއި ސްކިނީ ޖިންސު ލައިގެން އުޅުނު ޒަމާނެއް ވެސް ފެނުނެވެ. އެއީ ގިނަ ފިރިހެނުންނާ ގުޅޭ ސްޓައިލެއް ނޫނެވެ. އަދި ލުމުން ހުތުރު ސިފައެއް ޖަހަ އެވެ. މިޒަމާނުގެ ސްޓައިލް ވަރަށް ބޮޑަށް ބަދަލު ވެއްޖެ އެވެ. އެކި ބޮޑެތި ބްރޭންޑުތަކުން ގަޔަށް ދޫ ކޮށް ހުންނަ ސްޓައިލްތަކަށް އިތުރު ސަމާލު ކަމެއް ދޭން ފަށައިފި އެވެ. ސެލެބްރިޓީ ސްޓައިލުތަކަށް ބަލައިލާއިރު؛ ޖިންސު، ފަޓުލޫނު، ގަމީސް އަދި ޓީޝާޓު ގަޔަށް ދޫކޮށް ސްޓައިލް ކޮށްފައި ހުންނަތަން ގިނައިން ފެނެ އެވެ.

ކުޅިވަރު ކުޅެން ލައި ޓީޝާޓު، ހަރުވާޅު ނުވަތަ އެބާވަތުގެ އަންނައުނު ފަރުމާކޮށްފައި ހުންނަ ސްޓައިލުގެ މައްޗާއި ތިރި ރަސްމީ ޖެކެޓަކާ އެކު ނުވަތަ ފަޓުލޫނަކާ އެކު ގުޅުވާލައިފައި ހުރިތަން އެންމެ ފަހުގެ ފެޝަން ޝޯތަކުން ފާހަގަވި އެވެ. އެގޮތުން މިއަހަރުވެސް މި ސްޓައިލް މަގުބޫލުވާނެ ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ. މިއީ ވަރަށް ފިރިހެންވަންތަ ސްޓައިލެކެވެ. އަދި އެތުލެޓިކް ވެއާ ބޭނުންކޮށްގެން ސްޓައިލް ކޮށްލެވޭނެ ގޮތްތައް ވަރަށް ގިނަ އެވެ.