އާ އަހަރަށް މެގަ އިން ލަންކާ ޓިކެޓެއް 150 ޑޮލަރަށް ވިއްކަނީ
އާ އަހަރަށް މެގަ އިން ލަންކާ ޓިކެޓެއް 150 ޑޮލަރަށް ވިއްކަނީ

އާ އަހަރު ފާހަގަކުރުމަށް ސްރީ ލަންކާ އަށް ދަތުރުކުރުމަށް 150 ޑޮލަރަށް ދެކޮޅު ޓިކެޓް ވިއްކާ ޕްރޮމޯޝަނެއް މެގަ މޯލްޑިވްސް އިން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، މެގަ އިން ބުނިގޮތުގައި މާލެ-ކޮލަމްބޯ ފްލައިޓް އޮންނާނީ މި މަހުގެ 29 ނުވަތަ 30 ގަ އެވެ. ކޮލަމްބޯ-މާލެ ފްލައިޓް އޮންނާނީ އަންނަ މަހުގެ 2 ނުވަތަ 5 ގަ އެވެ.

މެގަ އިން ވަނީ މިދިޔަ މަހު ސްރީ ލަންކާ އަށް ދަތުރު ފަށައިފަ އެވެ. އެގޮތުން، ކޮލަމްބޯ އަށް ހަފުތާއަކު ތިން ފްލައިޓް މެގަ އިން ބާއްވަ އެވެ. އާންމުކޮށް ލަންކާ ދެކޮޅު ޓިކެޓެއް ވިއްކަނީ 165-175 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.

މީގެ އިތުރުން، މެގަ އިން ވަނީ އިންޑިއާގެ ވެރިރަށް ދިއްލީ އަށް ވެސް މިދިޔަ މަހު ދަތުރުތައް ފަށައިފަ އެވެ. އަދި މުމްބާއީ އަށް ވެސް ފްލަައިޓް އޮޕަރޭޓް ކުުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.