ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

ދަރުބާރުގޭގައި ރޭ ބޭއްވި ހަތްވަނަ ގައުމީ ފިލްމް އެވޯޑްސްއަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ބޮޑު އިވެންޓެވެ. ފިލްމް އިންޑަސްޓްރީގެ އެންމެ މޮޅު އަދި މަޝްހޫރު އެކްޓަރުން އާއި އެކްޓްރެސުން މި ހަފްލާގައި ފެނިގެންދިޔަ އެވެ. ހަފްލާގެ އުސްއަލިތަކުގެ ތެރޭގައި، ފިލްމް "ލޫދިފާ" އަށް 10 އެވޯޑް ލިބުމުގެ އިތުރުން އެވޯޑް ހަފްލާގެ ރަތް ދޫލަ މަތިން ފެނުނު ތަފާތު ހެދުންތައް ވެސް ހިމެނެ އެވެ.

ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

ގައުމީ ފިލްމް އެވޯޑްސްގެ ރެޑް ކާޕެޓް ފަޅުފިލުވައިދިނީ އެކި ޒާތުގެ އެކި ފެންވަރުގެ ސްޓައިލްތަކެވެ. ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން އަދި ކުޅަދާނަ އެކްޓްރެސް ސުނީތާ މިފަހަރު ވެސް ލައިގެން ހުރީ، ޕްރިޔަންކާގެ ހެދުމެއްގެ ނަކަލެކެވެ. އިންޑިއާގެ ބްރޭންޑަކަށް ޕްރިޔަންކާ މޮޑެލް ކޮށްދިން ފިޔާތޮށި އަނާރްކަލީ ސޫޓުގެ ލުކް ސުނީތާ ހުށަހަޅައިދިނީ ސާދާ ގޮތަކަށް؛ ފިޔާތޮށި ކްލަޗަކާ އެކީގަ އެވެ. އިސްތަށިގަނޑު ދޫ ކޮށްލައިފައި ހުރި އިރު މޭކަޕް ވެސް ސިމްޕަލް އެވެ.

ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

ފިލްމް ލޫދިފާގެ ކާމިޔާބީ ހިއްސާކުރި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް ފާތުމަތު އަޒީފާ (އަޒޫ) ލައިގެން ހުރި ހެދުން އޭނާގެ ހުނަރާ ނުބައްދަލެވެ. ގަޔަށް ފިޓު ރަތް ކުލައިގެ ގައުނެއްގެ މަތިން، ކަރަށް ބާރު ރިހި ޗޭނުތަކެއް ގުޅުވާފައި ހުއްޓެވެ. މި ހެދުން ތައްޔާރުކުރަން ބުރަ މަސައްކަތެއް ކޮށްފައި ހުއްޓަސް މިއީ އެއްވެސް ޒަމާނަކަށް ނުފެތޭ އަދި ކްލެސިކް ހެދުމެއްގެ ގޮތުގައި ވެސް ނުކިޔޭނެ ހެދުމެކެވެ. އަޒޫގެ ހަށިގަނޑާ ގުޅޭ ކްލެސިކް ޑިޒައިނަކަށް ހެދުން ފަރުމާކޮށްލި ނަމަ ވަރަށް ފުރިހަމަވީހެވެ.

ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

މި އަހަރުގެ ހަފްލާގައި، މިހާރުގެ ޓްރެންޑްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ ހެދުން ވެސް ފާހަގަވި އެވެ. ހަފްލާ ޕްރެޒެންޓު ކޮށްދިން މިޒްނާ އަހުމަދު (މިޒޫ)ގެ ރަތް ގައުންއާ އެކު، ވިދާ ރަތް ފޮތީގެ ޗޯކާއެއް ގުޅުވާލައިފައި ހުއްޓެވެ. އެ ހެދުން ފަރުމާކުރީ ޑިޒައިނާ ރަޒީނާ ތައުފީގު (ރަޒީ) ކަމަށް ހަފްލާގައި އޭނާ ބުނެފައިވެ އެވެ. މިޒޫގެ އިތުރުން، ތިން އެވޯޑަކަށް ވާދަކުރި އައިޝަތު ރިޝްމީ ވެސް ހުރީ އޭނާގެ ނޫ ހެދުމާ ގުޅުވައިގެން ޗޯކާއެއް އަޅައިގެންނެވެ.

ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

ޗޯކާޒްގެ އިތުރުން، އޮފް ޝޯލްޑާ ސްޓައިލަކީ ވެސް މި ޒަމާނުގެ މަގުބޫލު ޓްރެންޑެކެވެ. ރިޝްމީ، ރިޝްފާ އަދި މަލީހާ ވެސް ލައިގެން ހުރީ މި ސްޓައިލުގެ ހެދުމެވެ. ފްލޯރަލް ނުވަތަ މާޖެހި އެމްބްރޮއިޑަރީ އަދި ނޫ ކުލައަށް އިސްކަންދީފައިވާކަން ވެސް ފާހަގަވެ އެވެ. ބަތަލާ ޝީލާ ނަޖީބު އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދުގެ ފްލޯރަލް ކްރީމް ކުލައިގެ ހެދުން ފަރުމާކޮށްފައިވަނީ މި ސްޓައިލަށެވެ.

ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟
ގައުމީ ފިލްމް އެވޯޑްސް: އެންމެ ރީތީ ކޮން ހެދުމެއް؟

ހަފްލާ އިން ފެނުނު ގިނަ ފިރިހެން ތަރިން ލައިގެން ތިބީ ކަޅު ކުލަ އެވެ. "ލޫދިފާ" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ކާމިއާބު ކުރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ލައިގެން ހުރި ކަޅު ސޫޓް އެހެން ބަތަލުންގެ ހެދުމަށް ވުރެ ފުރިހަމަކަން ފާހަގަވެ އެވެ.

ހަފްލާ ހުށަހަޅައިދިން އަހުމަދު ވަހީދު (ވައްޑެ) އާއި ހަފްލާގެ އެހެން ބައެއް މެހެމާނުން، ގަމީހާ އެކު، ނުގުޅޭ ސައިޒެއްގެ ބޯޓައިއެއް ޖަހާފައި ހުރިކަން ފާހަގަވެ އެވެ. ފިރިހެނުން ގަމީހާ އެކު ބޯޓައި ގުޅުވާއިރު، ވެއިޓަރު ޔުނިފޯމެއްގެ ސިފަ ނުޖަހާ ސްޓައިލެއްގެ ޓައިއެއް ބޭނުންކުރަން ސަމާލުވާން ވާނެ އެވެ.

ރޭގެ ހަފްލާ އަށް ދިޔަ އަންހެން އަދި ފިރިހެން މެހެމާނުންގެ ހެދުންތައް ކުރީގެ މިފަދަ ހަފްލާތަކާ އަޅާ ބަލާއިރު ޒަމާނީ ވެފައި ނަލަ އެވެ. އަދި މި ޒަމާނުގެ ޓްރެންޑްތަކަށް ގައުންތައް ފަރުމާކޮށްފައި ހުރިކަން ވެސް ފާހަގަވެ އެވެ.