ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި
ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި

ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ކާމިޔާބުކޮށްގެން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ އެކްޓަރު ސިދާތު ޝުކްލާ ހާޓްއެޓޭކެއް ޖެހިގެން މަރުވި ފަހުން އޭނާގެ ލޯބިވެރިޔާ، ޝެހެނާޒް ގިލް (ސަނާ) ވަރަށް ބޮޑަށް ހިމޭންވި އެވެ. ވަރަށް މަޖާކޮށް އުޅުނު ސަނާ އަށް ލިބުނު ބޮޑު ސިހުމާ އެކު އޭނާގެ ހިތްކުދިކުދި ވިޔަސް ޕަޕަރާޒީންނާއި ބައެއް އާންމުން ސޯޝަލް މީޑިއާގައި އޭނާ "ޓްރޯލް" ކޮށްލީ ހިނިތުންވެލައިގެންނެވެ.

ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި
ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި

ސިދާތުގެ މަރަށް ތިން މަސް ފަހުން އާންމުވީ ރައްޓެއްސެއްގެ އެންގޭޖުމަންޓް ޕާޓީގައި ސަނާ ނަށާ ވީޑިއޯއެކެވެ. އެ ވީޑިއޯއާ އެކު ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލީތޯ ބުނެ އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ.

ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި
ސިދާތުގެ މަރަށް ފަހު ހީލިޔަސް މީހުން ފާޑުކިޔާތީ ޝެހެނާޒް ވަރުގަދަ ރައްދެއް ދީފި

އެކަމަކު ފުރަތަމަ ފަހަރަށް ސަނާ ވަނީ އެ ވާހަކަދައްކައިފަ އެވެ. ޝިލްޕާ ޝެޓީގެ "ޝޭޕް އޮފް ޔޫ" ޗެޓް ޝޯގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޝެހެނާޒް އެއްވެސް ފަސް ޖެހުމެއް ނެތި އެ ވާހަކަ ދެއްކި އެވެ.

"ހީލާ ހަދަން ފުރުސަތު ލިބިއްޖެއްޔާ އެކަން ކުރާނަން. އަބަދު ވެސް އަހަރެން ހުންނާނީ އުފަލުން. ދިވާލީ ފާހަގަކުރާ ހިތްވެއްޖެއްޔާ އެކަން ކުރާނަން. ދިރިއުޅުމުގައި އެންމެ މުހިއްމު ކަމަކީ އުފާވެރިކަން. އެކަންވޭތޯ ވަރަށް މަސައްކަތްކުރަން،" އެކަމާ ގުޅިގެން ސުވާލު ނުކުރި ނަމަ، ދުވަހަކު ވެސް އެ ވާހަކަ ނުދައްކާނެ ކަމަށާއި މީހުން ކިޔާ އެއްޗަކަށް އޭނާ ނުބަލާނެ ކަަމަށް ބުނެ ޝެހެނާޒް ބުންޏެވެ.

"ސިދާތު ދުވަހަކު ވެސް ނުބުނޭ ނުހޭށެކޭ. އޭނާ އަބަދު ވެސް ބޭނުންވީ އަހަރެން ހެވިފައި ހުންނަން. އަބަދު ވެސް ހެވިފައި ހުންނާނީ. މަސައްކަތް ވެސް ފަށާނަން. ދިރިއުޅުމުގައި ވަރަށް ކުރިއަށްދާން އަހަރެން ބޭނުން،" އޭނާ ބުންޏެވެ.

ސިދާތު ބުނީ އޭނާ އާއި ސިދާތުގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ އެހެން މީހުން ގާތުގައި ބުނަން ނުޖެހޭ ކަމަށެވެ.

"އަހަރެމެން ދެމީހުންނަށް އެނގޭނީ އަހަރެމެންނަށް އެކަކު އަނެކަކުގެ މުހިއްމުކަން،" އޭނާ ބުންޏެވެ.

އެ ވާހަކަތައް ހިއްސާކުރުމާ އެކު ޝިލްޕާ ވަނީ ޝެހެނާޒްގެ ގައިގައި ބައްދާލައިފަ އެވެ.

"ބިގް ބޮސް 13" އިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ސަނާ އާއި ސިދާތުގެ މެދުގައި އުފެދުނު ހާއްސަ ގުޅުމެވެ.