އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް
އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް

އެމްޑީޕީ އަށް 2023ގެ ވެރިކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ފެއިލްކޮށްލައްވާނެ ކަަމަށް، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް
އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް

އޭނާ ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އެ ޕާޓީ އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތުގައި ކޮންމެ އިލްޒާމެއް އެޅުވިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށެވެ. އޭނާގެ ޓީމުން ކެމްޕޭން ކުރަނީ ވަރަށް ތާހިރުކޮށް ކަމަށާއި އާއްމު މެމްބަރުންނާ ހިއްސާކުރައްވަނީ ގައުމާއި ޕާޓީ އަށް ކުރަން ބޭނުންވާ ކަންކަމުގެ ތަސައްވަރު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް
އެމްޑީޕީގެ ސަރުކާރެއް 2023 ގައި ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒް

ފައްޔާޒް ވިދާޅުވި ގޮތުގައި ކެންޑިޑޭޓުންގެ ވާހަކަ ދައްކައި ސަރުކާރު ބަދުނާމުކޮށް އެހެން ވިސްނުންތަކެއް ނެރެން ވެސް ނޫޅުއްވަ އެވެ.

ކެމްޕޭނުގައި އަމާޒުކުރާ ތުހުމަތުގެ ވާހަކަ ފައްޔާޒް މި ދެއްކެވީ، ޗެއާޕާސަން ކަމަށް އޭނާއާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ފައްޔާޒްގެ ޓީމުގައި 24 ގަޑިއިރު އޮތީ އަމިއްލަ މަންފާ އަށް މަސައްކަތް ކުރުން ކަމަށާއި އެމްޑީޕީގެ އުސޫލުތައް ހިފަހައްޓާ ބައެއް ނޫން ކަމަށް ވެސް ލ. ފޮނަދޫގައި އިންތި ވިދާޅުވެފައިވެ އެވެ.

ކެމްޕޭން ޖަގަހައެއް ހުޅުމާލޭގައި ހުޅުވަން ގިނަ ސަޕޯޓަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ފައިދާ ވާން އޮތީ ދެން ވެސް އެމްޑީޕީގެ ވެރިކަމަކުން ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއް ނެތް ނަމަ ގައުމު އިޔާދަވާނީ މިވެރިކަން ފެށުނު އޮތް ހާލަތަށް ވުރެން ވެސް ގޯސް ހިސާބަކަށް ކަމަށް ވިދާޅުވި އެވެ.

"އެ ކަމަކަށް އަޅުގަނޑުމެން ފުރުސަތު ދޭކަށް ނެތީމު. އަޅުގަނޑުމެންނާ ދިމާލަށް ކޮންމެ އެއްޗެކޭ ކީ ކަމުގައި ވީ ނަމަވެސް. އަޅުގަނޑުމެން ބޮލުގައި ކޮންމެ އިލްޒާމެއް އެޅުވިޔަސް އެ ފުރުސަތު އެއްވެސް ބަޔަކަށް ދޭކަށް ނެތިން،" ފައްޔާޒް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، 2018 ގައި ކޯލިޝަނަކުން ވެރިކަމަށް ވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވުމަށް ފަހު އެވެ.

އެމްޑީޕީގެ ސަރުކާރެއް 2023 ގައި މި ގައުމުގައި ނޯންނާނެ ގޮތަށް ކުރާ މަސައްކަތް ބޮޑުތަނުން ފެއިލްކޮށްލައްވާނެ ކަމަށް ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް މި ފަހުން މަޖިލީހުގައި ވޯޓު ދެއްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް މަސައްކަތް ކުރައްވަނީ ކޮން ބައެއް ކަމެއް ސާފުކޮށް އޭނާ މިރޭ ވިދާޅެއް ނުވެ އެވެ.

އެކަމަކު އެމްޑީޕީގެ ސަރުކާރެއް އޮއްވައި ޕާޓީން އެއްބާރުލުން ދީ އެކުގައި މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ކެމްޕޭންގައި މިހާތަނަށް 134 ރަށަކަށް އޭނާ އަށް ވަޑައިގެންނެވުނު އިރު މައިގަނޑު ދެ ކަމެއް ފާހަގަކުރެއްވުނެވެ. އެންމެ ބޮޑު ކަމަކަށް ފެނިވަޑައިގަތީ "އެމްޑީޕީ ހިންގާލަން އާއްމު މެމްބަރުން ފެންބޮވައިގެންފައި ތިބި ތަން" ކަމަށް ވިދާޅުވި އެވެ.

"ޕާޓީ ހިންގާލާ، ރުކުރުވާލާ އަލުން އަނެއްކާވެސް އެމްޑީޕީ މެކުހަށް ޖަހައިގެން ދާން ބޭނުންވާ ތަން ފެނުނީ އަޅުގަނޑުމެންނާ ބައްދަލުވި ހުރިހާ އެންމެންގެ ވެސް ކިބައިން. ދެ ވަނަ ކަމަަަކަށް ފާހަގަކުރެވުނީ ވަރަށް ބޮޑު މާޔޫސްކަމެއް އެމްޑީޕީގެ މެމްބަރުންގެ އޮތް ކަން. އެއީ ޕާޓީއާ އެ ބޭފުޅުންނާ ގުޅުން ނެތް ކަން،" ފައްޔާޒް ވިދާޅުވި އެވެ.

އެއާއެކު 16 އަހަރު އެމްޑީޕީގެ އާއްމު މެމްބަރުން ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ގޮތަށް މި ވެރިކަން ކުރިއަށް ގެންދަން ޕާޓީން މަސައްކަތް ނުކުރި ކަމުގެ ކަންބޮޑުވުމާއި މާޔޫސްކަން އާއްމު މެމްބަރުންގެ އެބައޮތް ކަމަށް ވިދާޅުވި އެވެ.